Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅު

ކުރީގެ ވެރިން ބަދަލުކުރުމަށް ރައްޔިތުން ނުކުތީ ހެޔޮ ވެރިކަމެއް ނުކުރެވޭތީ: ރައީސް

23 އޯގަސްޓު 2023 | ބުދަ 09:04

ވެރިކަމެއްގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފަޔަކީ "ހެޔޮ ވެރިކަމެއް" ގެ ސިފަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 އޯގަސްޓު 2023 | ބުދަ 09:04
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން އެއް އަޑެއްގައި ނުކުތީ އެ ބޭފުޅުންނަށް ހެޔޮ ވެރިކަމެއް ނުކުރެވޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ރ. ކިނޮޅަހަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮންމެ މީހަކުވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ކޮށްދޭން ގިނަ ވައުދުތަކަކާއެކުގައި ކަމަށެވެ. އެގޮތުން، ވެރިކަމެއްގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފަޔަކީ "ހެޔޮ ވެރިކަމެއް" ގެ ސިފަ ކަމަށާއި އެމްޑީޕީން 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ސިޔާސަތު މެނިފެސްޓޯގައި ހިމަނަނީ އެ ސަބަބާހުރެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ހެޔޮވެރިކަމެއް ކުރެވޭނީ ތިމާއަށް ފެންނަ ގޮތަކީ އެއީ ހަމައެކަނި ގޮތްކަމުގައި ނުބަލައި ރައްޔިތުންގެ އަޑު އަހައިގެންކަމަށެވެ. އަދި ރައޔްިތުންގެ މުހުތާދުތައް ދެނެގަނެ، ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރުމަކީ ހެޔޮ ވެރިކަމެއްގެ ސިފަތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ވެރިކަމެއް ނިމި އިންތިޚާބެއް އަންނައިރު ހުރިހާރައްޔިތުން ތިބެނީ އެއް އަޑަކުން ވެރިކަން ބަދަލު ކުރުމަށް ނުކުމެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން އެގޮތަށް ވަނީ ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަން ނުކުރެވޭތީ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށް އޮތްތަނާގައި ވާ ވައުދުތައްވެސް ފުއްދަމުންދާނެކަމުގެ ޔަގީންކަން މިއަދު ރައްޔިތުންނަށް އެބައޮތް ކަމަށެވެ. އެގޮތުން، ހެޔޮ ވެރިކަމެއްގެ ތެރެއިން ލާމަރުކަޒުކޮށް ބާރުތައް ދޫކޮށްލައި ރައްޔިތުންނާ ވީހާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި އޮތުން މުހިންމު ކަމަށާއި ބާރުތަށް ދޫކޮށްލުމުން ބައެއް ފަރާތްތަކަށް ދަތިވިޔަސް އެއީ އެކަން ކުރަން އެންމެ ރަނގަޅުގޮތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަންކަން ނިމިގެންދާއިރު މިންތީގެ ހަމަހަމަކަން ހޯދައި ދެ ޖިންސުގެ ބަސް ހިމަނަން ޖެހޭކަމަށާއި އަންނަ ދައުރެއްގައި އެކަންކަން އިތުރަށް ފެނިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދެވަނަ ދައުރެއްގައި ކިނޮޅަހަށް ކޮށްދެއްވާނެ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ ރަށަކީ ރަށު ފަތުރުވެރިކަމަށް ފައްކާވެފައިވާ ރަށެއް ކަމަށާއި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކައުންސިލަށާއި ސްކޫލާއި ހެލްތު ސެންޓަރަށް ބޭނުންވާ ޖާގައިގެ ދަތިތަކަން ހައްލު ކުރުމަށް ކައުންސިލް އައު އިމާރާތަކާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ހެލްތު ސެންޓަރގެ އެކްސްޓެންޝަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިންޑޯ ސްޕޯޓްސް ހޯލެއް އަޅާއިދެއްވާނެ ކަމަށާއި ރައްޔިތުންނާ މަޝްވަރާ ކުރައްވައި އިތުރު ކަންކަން ވެސް އެ ރަށަަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް