Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލީބިޔާގެ އަލް-މަރްޤަބު ޖަންގަލީގައިވާ ގަސްތައް ބެލ

ޙުސައިނުގެ މަސައްކަތުން މާ ސިންގާ ޖަންގައްޔަކަށް އިތުރު އާރޯ ކަމާއި ފެހިކަން!

ޙުސައިން އުފުލަމުން ދާ ޒިންމާއަކީ ކުޑަ ކަމެކޭ މުޅި އަކުން ނުދެންނެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 އޯގަސްޓު 2023 | އަންގާރަ 15:03
ޙުސައިނުގެ މަސައްކަތުން މާ ސިންގާ ޖަންގައްޔަކަށް އިތުރު އާރޯ ކަމާއި ފެހިކަން

ޙުސައިނުގެ މަސައްކަތުން މާ ސިންގާ ޖަންގައްޔަކަށް އިތުރު އާރޯ ކަމާއި ފެހިކަން

ގަސް އިންދުމަކީ ގިނަ ބަޔަކު އެކަމަށް ޝަޢުޤުވެރިވާ ކަމެކެވެ. މީގެ ދެތިން އަހަރު ކުރިން މުޅި ދުނިޔެ ފުރަބަންދުކޮށްލި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކިތަންމެ ރަނގަޅަކަށްވެސް އެކަން ހާމަވެގެން ހިނގައްޖެއެވެ. ކަން މިހެން އޮތް ނަމަވެސް، ގަސް އިންދާ ބެލެހެއްޓުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ބައެއް މީހުންނަކީ ކިތަންމެ ބޭނުންވިއަސް، ގަސް އިންދާ، ހެއްދުމުގައި ނާކާމިޔާބު ފިޔަވާ އިތުރު ނަތީޖާއެއް ލިބޭ ބަޔަކަށް ނުވާ އިރު، މާ ލުއިލުއި ގޮތަކަށް އެކަމުގެ ތެރޭގައި އުޅެލައިގެން ބޮޑެތި ޖަންގަލިތައް ހައްދާ، ބަލަހައްޓާ މީހުން އެބަ އުޅެއެވެ.

ލީބިޔާއަށް އުފަން، ޙުސައިން ބިން ސާސީއަކީ މި ދެންނެވި ކަހަލަ މީހެކެވެ. ލީބިޔާގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށް ވާ އަލް-ޚުމްސްގެ އަލް-މަރްޤަބު ޖަންގަލީގައިވާ ގަސްތައް ބެލެހެއްޓުމުގެ ޒިންމާ ކޮނޑުއަޅައިގެން ހުރި މީހަކީ 65 އަހަރުގެ ޙުސައިންއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ގަދަ އޮއެވަރުގައި ދުނިޔެ ޖެހިފައި އޮތް މި ދަނޑިވަޅުގައި، ޖަންގަލިތަކަށް މީހުން ދޭ ސަމާލުކަންވެސް އޮތީ އިންތިހާއަށް ކުޑަ ވެފައި ކަމުން، ޙުސައިން އުފުލަމުން ދާ ޒިންމާއަކީ ކުޑަ ކަމެކޭވެސް މުޅި އަކުން ނުދެންނެވޭނެއެވެ.

ޙުސައިންގެ ޙަޔާތުގެ ބޮޑު ބައި ހޭދަ ކޮށްފައި ވަނީ ތިމާވެށީގެ ޙައްޤުގައި ކުރި އެކި މަސައްކަތްތަކުގައެވެ. ޖަންގަލިތަކުގައި ގަސްގަހާގެގި އާލާ ކުރުމާއި ތިމާވެއްޓާ މެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކެމްޕޭންތައް ހިންގުމުގެ މަސައްކަތުގައެވެ.

އެގޮތުގައި ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ކަމުގައި ވީ ނަމަވެސް، ހަމަ އެކަނި ގަސް އިންދައިގެން ވާ ނެތް ކަން ޙުސައިންއަށް ވިސްނުނެވެ. ގަސްތަކަށް ދިރުން ލިބި، ރަނގަޅު ގޮތުގައި ގަސްތައް ހެދޭނެކަން ކަށަވަރު ކުރުމަށްޓަކައި، އަލް-މަރްޤަބް ޖަންގަލީގެ ގަސްތަކަށް ފެން ދޭން ޙުސައިން ނިންމިއެވެ. އެކަން ކުރަނީ އޭނާ އަމިއްލައަށެވެ. އެތައް މަސައްކަތުން އެތައް ސަތޭކަ ގަހެއް ވަނީ ސަލާމަތް ކުރެވިފައެވެ.

ތަރައްޤީއާ ބެހޭ އދގެ މަޝްރޫޢު (ޔޫއެންޑީޕީ)ގެ ރެކޯޑްތަކަށް ބަލާއިރު، ލީބިޔާއަކީ މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ އަސަރުގެ ނަޒަރުން ބަލާއިރު އެންމެ ނާޒުކު ފައްތަރުގައި އޮތް ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ދުނިޔެ މޫސުން ކުރިޔަށް ލަފާ ކުރާ ގޮތަށް ބަލާއިރު، ދެންވެސް އޮތީ އާދަޔާ ޚިލާފަށް ހޫނު ގަދަވެގެން ދާނެ ދުވަސްވަރެކެވެ. ވާރޭ ވެހުން މަދުވެ، ކަނޑުގެ ލޮނުގަނޑު އުފުލި، ރައްކާތެރި ފެނުގެ ސަޕްލައިއަށް ނުރައްކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އަދި އައްސޭރިފަށުގައި ވަޒަންވެރިވެފައި ވާ އާބާދުތަކުގެ ފުރާނާއަށްވެސް ނުރައްކާ ބޮޑެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2018

ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި

17 ޖެނުއަރީ 2018
ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި
04 ޖެނުއަރީ 2018

ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު

04 ޖެނުއަރީ 2018
ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު
03 ޑިސެމްބަރު 2017

ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ

03 ޑިސެމްބަރު 2017
ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ
29 ނޮވެމްބަރު 2017

"އޯލްޑް އިޒް ގޯލްޑް"ގެ އިތުރު ޕާޓްނަރުންނާއި އެކު ސޮއިކޮށްފި

29 ނޮވެމްބަރު 2017
"އޯލްޑް އިޒް ގޯލްޑް"ގެ އިތުރު ޕާޓްނަރުންނާއި އެކު ސޮއިކޮށްފި
17 އޮކްޓޯބަރު 2017

ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!

17 އޮކްޓޯބަރު 2017
ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!
27 ސެޕްޓެމްބަރު 2017

"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ

27 ސެޕްޓެމްބަރު 2017
"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
07 ޖެނުއަރީ 2017

" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

07 ޖެނުއަރީ 2017
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު