Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަމު ރީޖަނަލް ހޮސްޕިޓަލް

ދުވަސްވީ ފާރުގަނޑުތައް ރަނގަޅުކޮށްދޭ ކްލިނިކެއް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވައިފި

މިއީ މި ޚިދުމަތް ދޭން ފެށި ރާއްޖޭގެ 5 ވަނަ ހޮސްޕިޓަލް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 އޯގަސްޓު 2023 | އަންގާރަ 13:58
ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްވާންސް ވޫންޑް ކެއާގެ ޚިދުމަތް ތައާރަފު ކުރުން

ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްވާންސް ވޫންޑް ކެއާގެ ޚިދުމަތް ތައާރަފު ކުރުން

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްވާންސްޑް ވޫންޑް ކެއަރ ނުވަތަ ދުވަސްވީ ފާރުގަނޑުތައް ރަނގަޅުކޮށްދޭ ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.

އެޑްވާންސް ވޫންޑް ކެއަރ އަކީ ބޭސް އަޅައިގެން ވެސް ރަނގަޅު ނުކުރެވި ހުންނަ ފާރުތަކަށް ފަރުވާ ދިނުމެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މި ޚިދުމަތް ފަށާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެހީތެރިކަމާއެކުގައެވެ. މިއީ މި ޚިދުމަތް ދޭން ފެށި ރާއްޖޭގެ 5 ވަނަ ހޮސްޕިޓަލެވެ.

މި ޚިދުމަތާ ގުޅޭގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް ވިދާޅުވީ، އެޑްވާންސްޑް ވޫންޑް ކެއަރގެ ޚިދުމަތާއެކު އެ ސަރަހައްދުގައި މި ޚިދުމަތް ހޯދަން ޖެހިފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ކުރިން އެ ސަރަހައްދުން މި ޚިދުމަތް ނުލިބޭތީ ގިނަ ބަޔަކު އެ ފަރުވާ ހޯދަން ދާން ޖެހެނީ މާލެ ކަމަށާއި އެހެންވެ ކުރަން ޖެހޭ ޚަރަދުވެސް ބޮޑުކަން ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗްގެ ސަރޖަރީ ޑިޕާޓްމަންޓުގެ ހެޑް ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ ފާރުތައް ރަނގަޅުކުރުމަށް ގަވާއިދުން ފަރުވާ ބޭނުންވާ ފަރާތްތަކުގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުންނާއި، ދާންމަތިވެފައިވާ މީހުންނާއި، އަލިފާނުގެ ޙާދިސާތަކުގައި ފިހޭ މީހުން ހިމެނޭ ކަމަށެވެ. އެފަދަ މީހުންގެ ގައިގައި އުފެދޭ ފާރުތައް ރަނގަޅުކުރުމަށް އެޑްވާންސްޑް ވޫންޑް ކެއަރ ގެ ޚިދުމަތް ވަރަށް މުހިންމު ކަމަށާއި މިއީ އެފަދަ ފާރުގަނޑުތަކަށް ދެވޭ އެންމެ ޒަމާނީ ފަރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އައިޖީއެމްއެޗުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ތަމްރިން ކުރާނެ ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ހަފުތާއަކު އެއް ދުވަހު އޯޕީޑީގެ ޚިދުމަތުގެ ގޮތުގައި މި ޚިދުމަތް ދޭނެއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުން ބަލި މީހާ އެޑްވާންސްޑް ވޫންޑް ކެއަރ ކްލިނިކްގައި ރަޖިސްޓްރީކޮށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޭސް އެޅުމާއި ފޮލޯއަޕް ތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށްގެންދާނެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު