Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ލަސްކުރާ ކަމަށް ބުނެ މެމްބަރުން ތަޅުމުގައި ނުރުހުން ފާޅުކޮށްފި

އެޖެންޑާގައި އޮތީ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 04:46
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ލަސްކުރާ ކަމަށް ބުނެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނުރުހުން ފާޅުކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފެށި އިރު ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވީ 29 މެމްބަރުންނެވެ. ހޯމަ ދުވަހުގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.

Advertisement - newsAdvertisement

ރިޔާސަތުން އަންގާ އެންގެވުން އަންގަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި ޕާޓީއަކަށް ނިސްބަތްވާ މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ. އެކަމާއި ގުޅޭ ލިޔުންތައް މަޖިލީހަށް ލިބިވަޑައިގެންފައިވާތީ އެ މެމްބަރުންނަކީ ދަޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުންގެ ގޮތުގައި ހިމަނާފައިވާކަން ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ.

މި ބަދަލާއި ގުޅިގެން މަޖިލީހުގައި މެމްބަރުން ހިމެނޭ ގޮތަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) 54، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) 5، ޕީޕަލްސް ނޭޝަނަލް ކޮންގރެސް (ޕީއެންސީ) 3، މޯލްޑިވްސް ނޭޝަނަލް ޕާޓީ 3، ޑިމޮރެކްޓްސް 3، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 2 އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) 2 އެވެ. އަދި ޕާޓީ އަކަށް ނިސްބަތް ނުވާ 15 މެމްބަރުން އެބަތިއްބެވިއެވެ.

10 ޖުލައިގައި ދައުރުން ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީގައި މެމްބަރުން ހިމެނޭނެ ގޮތް ވަނީ ފާސްކޮށްފައެވެ. އަދި އެ ބަދަލާއި އެއްގޮތަށް ޕާޓީތަކުން ވަނިީ ކޮމިޓީތަކަށް މެމްބަރުންގެ ނަން ވެސް ފޮނުވާފައެވެ. އެހެންނަމަވެސް މިއީ ޑިމޮކްރެޓްސް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެ ކުރީގައި ގެންނެވި ބަދަލަކަށް ވެފައި، މަޖިލީހުގެ ދަފްތަރުގައި ޑިމޮކްރެޓްސް މިހާރު ރަޖިސްޓްރީކޮށްފައިވާތީ އެހެން މެމްބަރުން އެޕާޓީއަށް ވެދެވަޑައިގަންނަވާ ނަމަ އެ ސިޓީ ފޮނުވާދެއްވުމަށް އެ ޕާޓީގެ މެމްބަރުން ގެ ކިބައިން ނަޝީދު އެދިވަޑައިގެންނެވިއެވެ. އެކަން ކުރުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ކަނޑައެޅި، ކޮމިޓީތަކުގައި ހުރި އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ވަގުތު ކަނޑައެޅޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެހެން ވިދާޅުުވުމުން މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވަން ފައްޓަވާފައެވެ. އަދި އުސޫލުން ބޭރުން ނަޝީދު ކަންކަން ކުރައްވާ ކަމަށް މެމްބަރުން ދިޔައީ ވިދާޅުވަމުންނެވެ. މެމްބަރުން ވަނީ ނަޝީދު މަޖިލީހުގައި އަމަލުކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ. އެ ހިސާބުން މަޖިލީހުގެ ރައީސް ކުރާ އަމުރަށް ކިޔަމަން ނުވުމުން ކަމަށް ވިދާޅުވެ، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ (ދާންދޫ)، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުގުނީގެ ނަން ނަޝީދު ވަނީ އިއްވަވާފައެވެ.

އޭގެ ފަހުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް މަޖިލީހުން ބޭރަށް ނުކުންނަވަން އުޅުމުން އެކަމާއި ހިތްހަމަޖެހިވަޑައި ނުގެން ދެއްކެވި ވާހަކަފުޅުގައި ކެޔޮދޫ ދާއިރާގެ މެމްބަރަށް ތަޅުން ދޫކޮށް ވަޑައި ނުގެންނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ގާނޫނު އަސާސީ އަށާއި ޤާނޫނުތަކަށް ބޯލަނބަން ޖެހޭނެ ކަމަށާއި މަޖިލީހުގައި އަމަލުކުރަން ޖެހޭނީ އެތަނުގެ ހަމަތަކުގެ މަތިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ޖަލްސާ ނަޝީދު މެދުކަނޑާލެއްވީ މަޖިލީހުގެ ގަވާއިދަށް މެމްބަރުން އަމަލު ނުކުރައްވާ ކަމަށް ވިދާޅުވެއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު