Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

އިންޓަ މިއާމީއާއެކު ލީގްސް ކަޕް ކާމިޔާބުކޮށް މެސީ އަށް ޚާއްސަ ރެކޯޑެއް!

މި ތައްޓާއެކު އޭނާ ވެފައި ވަނީ ކެރިއަރުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2023 | އާދީއްތަ 04:33
މިއާމީގެ ކެޕްޓަން އާޖެންޓީނާގެ މެސީ

މިއާމީގެ ކެޕްޓަން އާޖެންޓީނާގެ މެސީ

އެމެރިކާ ލީގްސް ކަޕްގެ ފައިނަލްގައި ނަޝްވީލް އެފްސީ ބަލިކޮށް އިންޓަ މިއާމީން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ކުޅުނު ފައިނަލް މެޗު މިއާމީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗު ފަށައިގެން 23 ވަނަ މިނެޓުގައި މިއާމީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން މެސީ އެވެ. މިއީ މިއާމީ އަށް ބަދަލުވެ މެސީ އެ ޓީމަށް ކުޅުނު ހަތް ވަނަ މެޗެވެ. ހަތް މެޗުން މެސީ ވަނީ ދިހަ ލަނޑު ޖަހައިފަ އެވެ. ނަޝްވީލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕިކޯލްޓް އެވެ.

ދެ ޓީމު އެއްވަރުުވުމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި މިއާމީން ކުރި ހޯދީ 10-8 އިންނެވެ. މެޗުގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. މިއާމީގެ ޕެނަލްޓީތައް ކާމިޔާބު ކުރީ މެސީ، ސާޖިއޯ ބުސްކެޓްސް، ކަމްޕަނާ އަދި މިލާ އެވެ. އެ ޓީމަށް ނާކާމިޔާބުވީ އުލޯގެ ޕެނަލްޓީ އެވެ. ނަޝްވީލް އިން ވަނީ މުޚްތާރް، ގޮޑޯއީ، ޒިމާމަން އަދި ސުރިޖުގެ ޕެނަލްޓީ އެވެ. ނާކާމިޔާބުވީ ލީލްގެ ޕެނަލްޓީ އެވެ. ފަސް ޕެނަލްޓީ އަށް ފަހު ދެން ޖެހި ހުރިހާ ޕެނަލްޓީއެއް މިއާމީން ކާމިޔާބު ކުރި އެވެ. ނަމަވެސް ނަޝްވީލްގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މިއީ މެސީ މިއާމީއާއެކު ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. މި ތައްޓާއެކު އޭނާ ވެފައި ވަނީ ކެރިއަރުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ. އެއީ ޖުމުލަ 44 ތައްޓެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު 35 ތަށި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ތިން ތަށި، އާޖެންޓީނާ އާއެކު ފަސް ތަށި އަދި މިއާމީ އާއެކު އެއް ތަށި ކާމިޔާބުކޮށްފަ އެވެ. މެސީގެ ފަހަތުން 43 ތައްޓާއެކު އޮތީ ބްރެޒިލްގެ ޑެނީ އަލްވޭސް އެވެ. ލީގްސް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް މެސީ ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު