Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެކްސިޑެންޓުވި ޕީއެސްޖީގެ ކީޕަރު، ތިން މަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލައިފި

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާއަށް އަނިޔާވީ އަސް ދުއްވަން އުޅުމުގެ ތެރޭގައި އަހުން ވެއްޓިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2023 | ހޮނިހިރު 02:42
ހޮސްޕިޓަލުން ނިކުތުމަށްފަހު ރިކޯ މީޑިއާތަކާ ވާހަކަދައްކަނީ

ހޮސްޕިޓަލުން ނިކުތުމަށްފަހު ރިކޯ މީޑިއާތަކާ ވާހަކަދައްކަނީ

ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ދެ ވަނަ ގޯލް ކީޕަރު ސާޖިއޯ ރިކޯ ތިން މަސް ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާއަށް އަނިޔާވީ އަސް ދުއްވަން އުޅުމުގެ ތެރޭގައި އަހުން ވެއްޓިއެވެ. އަހުން ވެއްޓި، ރިކޯގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ސްޕެއިންގެ ސެވިއްޔާގައި ހުންނަ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެސް ފަރުވާ ދީފައެވެ. ރިކޯއަށް އައިސީޔޫގައި ފަރުވާ ދޭން ފެށީ، ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އެންމެ ފުރަތަމަ އޭނާގެ ބޮލުގެ ޚާއްސަ ޓެސްޓުތަކެއް ހަދައި، ލިބުނު އަނިޔާ ސީރިއަސް ކަމަށް ޑަކްޓަރުން ބުނުމުންނެވެ. އައިސީޔޫއިން ރިކޯ ނަގާފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއެކު މީޑިއާތަކާ ވާހަކަދައްކަމުން ރިކޯ ބުނީ، ގިނަ ދުވަސްތަކަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އުފާވާ ކަމަށެވެ. އޭނާ ބުނީ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި ހެޔޮ އެދުންވެސް ލިބުނު ކަމަށެވެ. އެ އެންމެނަށް ޝުކުރު އަދާކުރާ ކަމަށް ރިކޯ ވަނީ ބުނެފައެވެ. ރިކޯ ވަނީ އޭނާގެ އަންހެނުން، މައިންބަފައިން އަދި އާއިލާގެ އެންމެހައި މެމްބަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ޚާއްސަކޮށް އަންހެނުންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރެއެވެ. އެގޮތުން ރިކޯ ބުނީ އޭނާގެ އަންހެނުން ދުވާލަކު މަދުވެގެން 20 ގަޑިއިރު ހޭދަކުރަނީ އޭނާ ގާތު ކަމަށެވެ. މީގެ އިތުރުން ރިކޯ ބުނީ ހޮސްޕިޓަލުން އޭނާ ދޫކޮށްލުމާއެކު ރިކަވަރީގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، އެއަށްފަހު އަނެއްކާވެސް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށެވެ.

ރިކޯ އަންނަނީ ލޯނު އެއްބަސްވުމެެއްގެ ދަށުން ސްޕެނިޝް ލީގުގެ މަޔޯކާއަށް ކުޅެމުންނެވެ. އޭނާ އެންމެ ފުރަތަމަ ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރެވެ. އެއް އަހަރު އެ ކުލަބަށް ކުޅުމަށްފަހު 2020 ވަނަ އަހަރު ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުއެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ރިކޯ މަޔޯކާއަށް ބަދަލުވީ މިދިޔަ އަހަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު