Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބީ ރިޝްވަތުގެ މައްސަލަ

އިންތިޚާބާ ގުޅޭ ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: އޭސީސީ

15 އޯގަސްޓު 2023 | އަންގާރަ 17:00

ޕޯޓަލް މެދުވެރިކޮށް އަންނައިރު ފޯމުތައް އަންނާނީ ފިލްޓަރ ވެގެން އެހެންކަމުން މައްސަލަބެލުން އަވަސްވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 އޯގަސްޓު 2023 | އަންގާރަ 17:00
ފަލަސުރުޚީ ޕްރޮގްރާމްގައި އޭސީސީގެ މެމްބަރ ޝިޔާމާ މުހައްމަދު އަދި ޝަޒްނާ ހާޝިމް ބައިވެރިވެވަޑައިގަންނަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި އޭސީސީގެ މެމްބަރ ޝިޔާމާ މުހައްމަދު އަދި ޝަޒްނާ ހާޝިމް ބައިވެރިވެވަޑައިގަންނަވަނީ

ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް ގާއިމުކޮށްފައިވާއިރު ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

ރިޝްވަތުގެ މައްސަލަ ހުށަހެޅުމަށް އޭސީސީން ހަދާފައިވާ ޕޯޓަލް އާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރ ޝިޔާމާ މުހައްމަދު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލީ ފަސޭހަކަމާއެކު ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށްކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅޭއިރު ފޯމު ފުރިހަމަވެގެން އަންނައިރު އިންތިޚާބީ ޝަކުވާ އާއި އެނޫން ޝަކުވާ ވަކިކުރަންވެސް ފަސޭހަވާނެކަމަށް ޝިޔާމާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕޯޓަލް މެދުވެރިކޮށް އަންނައިރު ފޯމުތައް އަންނާނީ ފިލްޓަރ ވެގެންކަމަށާއި އެހެންކަމުން ޝަކުވާ ބަލަން ފަސޭހަވާނެކަމަށް ޝިޔާމާ ވިދާޅުވިއެވެ. އަދި ކުރީ އަހަރުތަކާއި ޚިލާފަށް މިއަހަރު އިންތިޚާބީ ޝަކުވާ ބަލަން ވަކި ޓީމެއް ނޯންނާނެކަމަށާއި އެހެންވުމުގެ ސަބަބުންވެސް އަވަހަށް ޝަކުވާ ބެލޭނެކަމަށް ޝިޔާމާ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރ ޝަޒްނާ ހާޝިމް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ހުށަހަޅާ މައްސަލަތަކީ އެކަމުގެ މުއާލާތް ނުކެނޑެނީސް ބެލެންޖެހޭ މައްސަލަތައްކަމަށާއި އެހެންކަމުން މިޕޯޓަލް އާއެކު އަވަހަށް މައްސަލަތައް ބެލިގެންދާނެކަމަށެވެ. ކޮންމެ މީހަކަށްވެސް ފޯނުން ފަސޭހަކަމާއެކު މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެކަމަށް ޝަޒްނާ ވިދާޅުވިއެވެ.

މީގެއިތުރުން އިންތިޚާބާއި ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް އޭސީސީން ހިންގަމުންދާކަމަށް ޝަޒްނާ ވިދާޅުވިއެވެ. އެގޮތުން ވަކިން ޚާއްސަކޮށް ޒުވާނުންނަށް އަދި އަލަށް ވޯޓުލާ ޒުވާނުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގާކަމަށް ޝަޒްނާ ވިދާޅުވިއެވެ. ހދ، ޅ އަދި ގއ އަތޮޅުގައި ޕްރޮގްރާމްތައް ކުރިޔަށްގެންދާކަމަށް ޝަޒްނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް