Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑަށް މާމޮޅަށް ކުޅެވޭނެ: ޓެން ހާގް

ޓެން ހާގް ބުނީ ޔުނައިޓެޑަކީ ކޮން ފެންވަރެއްގެ ޓީމެއްކަން މިދިޔަ ސީޒަނާއި، އޭގެ ކުރިން ޕްރީ ސީޒަންގައި ވެސް ދައްކައިދީފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2023 | އަންގާރަ 08:29
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑަށް މާ މޮޅަށް ކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ވުލްވްސް މެޗަކީ ވަރަށް ޓަފް މެޗެއް ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ޔުނައިޓެޑުގެ ކުޅުންތެރިންނަށް ބޯޅައާއެކު، ކުދި ގޯސްތަކެއް ހެދުނު ނަމަވެސް އެކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ، ސީޒަންގެ ފުރަތަމަ މެޗު މޮޅަކުން ނިންމާލުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ދެން ފޯކަސް ކުރަން ޖެހޭނީ ކުރިއަށް ހުރި މެޗުތަކަށް ކަމަށެވެ. ޓެން ހާގް ބުނީ ޔުނައިޓެޑަކީ ކޮން ފެންވަރެއްގެ ޓީމެއްކަން މިދިޔަ ސީޒަނާއި، އޭގެ ކުރިން ޕްރީ ސީޒަންގައި ވެސް ދައްކައިދީފައިވާ ކަމަށެވެ. ނަމަވެސް ޕްރީ ސީޒަނާ އަޅާ ބަލާއިރު، ލީގުގައި ކޮންމެ ޓީމެއް ވެސް ވަރަުގަދަކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ޓެން ހާގް ބުނީ ކުޅުންތެރިން ކުރާ މަސައްކަތާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް އަދިވެސް ބޯޅަ ހިފައްޓައިގެން ކުޅެ، ބޯޅައާއެކު ހެދޭ ގޯސްތަައް މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ދެކެ އެވެ. ޓެން ހާގް ދެކޭ ގޮތުގައި ސީޒަންގެ ކުރީކޮޅު އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ރަނގަޅު ކުރުމަށް މަސައްކަތްކޮށްފި ނަމަ، މުޅި ސީޒަންގައި ޔުނައިޓެޑަށް އެކަމުގެ ފައިދާ ކުރާނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ސަމާލުކަން ދޭނެ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ޔުނައިޓެޑުން ނިންމާލީ ތިން ވަނައިގަ އެވެ. އެ ޓީމުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވިފަހުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު