Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު

ފެންނަނީ އެމްޑީޕީން އެކަނި ރިޔާސީ އިންތިޚާބަށް ތައްޔާރަށް ތިބިތަން: މާރިޔާ

11 އޯގަސްޓު 2023 | ހުކުރު 07:40

މިހާތަނަށް ކެމްޕޭންގައި ރައީސް 64 ރަށަކަށް ދަތުރުކުރައްވައިފި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2023 | ހުކުރު 07:40
މާރިޔާ އަހުމަދު ދީދީ

މާރިޔާ އަހުމަދު ދީދީ

ފެންނަނީ އެމްޑީޕީން އެކަނި ރިޔާސީ އިންތިޚާބަށް ތައްޔާރަށް ތިބިތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ އެމްޑީޕީން އެތެރޭގެ އިންތިޚާބެއް ބާއްވައިފި ކަމަށާއި ހުރިހާ އެންމެންނަށް ބަސް ބުނުމުގެ ފުރުސަތު ދިނުމާއެކު ކެންޑިޑޭޓަކު އިހްތިޔާރުކޮށްފި ކަމަށެވެ.

Advertisement - newsAdvertisement

ކެމްޕޭނަށް ނިކުމެ ތިބިއިރު މެނިފެސްޓޯ ތައްޔާރުވެފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ 186 ރަށުގައި އެމްޑީޕީގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށާއި 18 އަތޮޅެއްގެ 108 ރަށަށް އެމްޑީޕީގެ އެކި ޓީމުތަކުން ދަތުރުކޮށްފި ކަމަށެވެ.

މިހާތަނަށް ކެމްޕޭންގައި ރައީސް 64 ރަށަކަށް ދަތުރުކުރައްވައިފި ކަމަށް ވެސް ވިދާޅުވިއެވެ. އެމްޑީޕީގެ މެމްބަރުން ކައިރީގައި ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ބިރުވެރިކަމެއް ނެތް ކަމަށެވެ. އެއްބުރުން އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ އެމްޑީޕީން ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ހިންގަމުންދާކަން ފާހަގަކުރައްވާ އެހެން ކެންޑިޑޭޓުންގެ ފަރާތުން އެ މަންޒަރު ނުފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންބަރު ވަނީ ތަރުތީބުކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް، އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ބޭފުޅުން ވާދަކުރައްވާ އިންތިޚާބެވެ. މި އިންތިޚާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ.

ރިޔާސީ އިންތިޚާބު 2023މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް