Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑްގެ އެކްޓަރުންގެ ހަޅުތާލަ

ހޮލީވުޑްގެ ބަދިގެތައް ފަޅުވެ، ވިޔަފާރިވެރިން މާޔޫސްވެފައި!

7 އޯގަސްޓު 2023 | ހޯމަ 09:03

މި އަހަރުގެ ހޫނު މޫސުމުގެ ސަބަބުން ފިލްމީ ތަރިންނާއި ލިޔުންތެރިން ކުރަމުންދާ ސިލްސިލާ ހަޅުތާލުތަކާ ހެދި ހޮލީވުޑްގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 އޯގަސްޓު 2023 | ހޯމަ 09:03
ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުން ކުރިއަށް ގެންދާ ހަޅުތާލުތަކަށް ނިމުން އަންނާނެ ދުވަހެއްގެ ނިޝާންވެސް އަދި ފެންނާކަށް ނެތް

ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުން ކުރިއަށް ގެންދާ ހަޅުތާލުތަކަށް ނިމުން އަންނާނެ ދުވަހެއްގެ ނިޝާންވެސް އަދި ފެންނާކަށް ނެތް

ފިލްމާއި ޑްރާމާތަކުގެ އެންމެ ވަރުގަދަ ކިއްލާގެ ގޮތުގައި ސިފަ ކުރަމުން އަންނަ، އެމެރިކާގެ ލޮސް އެންޖަލީސްގެ ހޮލީވުޑަށް، މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރަކީ ބަނަ، އަނދިރި ދުވަސްވަރެކެވެ. ފިލްމީ ތަރިންނާއި ލިޔުންތެރިން ކުރަމުންދާ ސިލްސިލާ ހަޅުތާލުތަކާ ހެދި ހޮލީވުޑްގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި ވާ އިރު، އެކަމުގެ އަސަރު، އެހެން ދާއިރާތަކުންވެސް ދަނީ ފެންނަމުންނެވެ. އެހެން ނޫނީ ވިއްޔާ އެންމެ ކާރޫބާރޫ ބޮޑުވެގެންދާ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު، މަސައްކަތެއް ނުކޮށް ތިބީ ހަމަ އެކަނި ލިޔުންތެރިންނާއި އެކްޓަރުންނެއް ނޫނެވެ. ލައިމްލައިޓް ކޭޓަރިންގެ ޓްރަކްތައްވެސް އޮލީވުޑްގެ ގަދަ ހޫނުގައި ޕާކު ކޮށްފައި ހަމަ އޮތީއެވެ. ޓިންސެލްޓައުންގެ ގޮތުގައިވެސް މުޚާޠަބު ކުރާ ހޮލީވުޑްގެ އެތައް ވިޔަފާރިއެއްގެ އަދުގެ ހާލަކީވެސް ހަމަ މިއެވެ.

'އެންސީއައިއެސް ލޮސް އެންޖަލީސް' އާއި 'ދަ ހޭންގް އޯވަރ' ފަދަ އުފެއްދުންތަކުގެ އިތުރުންވެސް، ހޮލީވުޑްގެ ވަރުގަދަ އުފެއްދުންތަކެއްގައި މަސައްކަތް ކުރާ މީހުންގެ ކެއިންބުއިމުގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅުނު އެއް ބަޔަކީ ލައިމްލައިޓް ކޭޓަރިންގއެވެ. އެ މަސައްކަތުގައި ލައިމްލައިޓް ކޭޓަރިންގ އުޅޭތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، މިދިޔަ 3 މަހެއްހާ ދުވަހަކީ، ލައިމްލައިޓް ކޭޓަރިންގގެ ބަދިގެތަކަށް ހިމޭން ދުވަސްވަތަކެކެވެ. މުޅި ތަނަށް ފެތުރިފައި އޮތީ ފަޅުކަމެވެ.

އެގްޒެކެޓިވް ޝެފް އަދި ލައިމްލައިޓް ކޭޓަރިންގްގެ ކޯ-އޯނަރެއް ކަމަށް ވާ ކޭކަސްޓްރޯ ރާޖީ ބުނި ގޮތުގައި، މީގެ ކުރިން އޭނާ ގާތު، 70 ވަރަކަށް މީހުން މަސައްކަތް ކުރަމުން ދިޔައެވެ. ހަޅުތާލުތަކުގެ ސަބަބުން، ހުރިހާ އެންމެންނަށްވެސް ތަކުލީފުތަކެއް އުފުލަން މަޖުބޫރުވެފައި ވާ ކަމަށް ރާޖީ ވަނީ ފާހަގަ ކޮށްފައެވެ.

ޕާކު ކޮށްފައި ހުރި އުޅަނދުތައް ބަލާ ފާސް ކުރަމުން ދިޔަ ރާޖީ ބުނި ގޮތުގައި، އާންމު ދުވަހެއްގައި ވިއްޔާ އެ ސަރަޙައްދު އޮންނާނީ ހުހަށެވެ. ހުރިހާ ޓްރަކެއްވެސް އުޅޭނީ ކޮންމެވެސް ފިލްމެއް ނުވަތަ ޑްރާމާއެއްގެ މަސައްކަތް ކުރިއަށް ދާ ސައިޓްގައެވެ. އެ މަސައްކަތުގައި އުޅޭ 300 އެއްހާ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާ ދިނުމުގައި އަވަދިނެތިއެވެ. ކުރާނެ މަސައްކަތެއް މިއަދު ނެތުމުގެ ސަބަބުން، ރާޖީއަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިފައި ވާ ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރާޖީގެ ވިޔަފާރި ބައިވެރިޔާ ސްޓީވް މައިކަލްސަންގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. އެ ކައްކާއަކަށް ޚާއްޞަ ކެއުންތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި އަވަދިނެތި ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔަ ކައްކާއިން މިއަދު ފެންނާކަށް ނެތެވެ. އެ ފަޅުކަމުގެ އިޙުސާސް ކުރުވަނީ އޭގެ އެންމެ އިންތިހާއަށް ކަން މައިކަލްސަންގެ ވާހަކަތަކުން ސާފުކޮށް އެނގެއެވެ.

ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުން ކުރިއަށް ގެންދާ ހަޅުތާލުތަކަށް ނިމުން އަންނާނެ ދުވަހެއްގެ ނިޝާންވެސް އަދި ފެންނާކަށް ނެތެވެ. ރާޖީއާއި މައިކަލްސަންގެ ޢުއްމީދުތަކުގައިވެސް މާ ބޮޑު ދިރުމެއް ނެތެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން މިއަދު ހަމަޖައްސަމުން ދަނީ ފަހަށް ރައްކާ ކުރި ފައިސާކޮޅު ބޭނުންކޮށްގެންނެވެ.

ހޮލީވުޑްގެ ލިޔުންތެރިން ހަޅުތާލު ފެށީ މެއި 2 ވަނަ ދުވަހު ކަމަށް ވާއިރު، އެކްޓަރުންގެ ހަޅުތާލު ކުރަން ފެށީ ޖުލައި 14 ވަނަ ދުވަހުއެވެ. ހޮލީވުޑްގެ ތާރީޚަށް ބަލާއިރު، މިއީ މިދިޔަ 63 އަހަރުގެ ތެރޭގައި، 2 ފަންނެއްގެ މަސައްކަތްތައް އެއް ވަޤުތެއްގައި މިފަދަ ގޮތަކަށް ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ. އެމެރިކާއާއި އެމެރިކާއިން ބޭރުގައި ކުރުމަށް ތާވަލު ކޮށްފައި ވާ އެތައް މަސައްކަތެއް މިހާރު އޮތީ މަޑުޖައްސާލާފައެވެ. ފަންނުވެރިންގެ ޑިމާންޑަކީ ފިލްމު އުފައްދާ ސްޓޫޑިއޯތަކުން ދޭ އުޖޫރަ ބޮޑުކޮށްދިނުމެވެ. އަދި ޓެކްނޮލޮޖީގެ ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލި ކަމުގެ ސަބަބުން ފަންނުވެރިންގެ މަސައްކަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވާނެ ހުރަސްތަކެއް ޤާއިމު ކޮށްދިނުމެވެ.

ހޮލީވުޑް ކޭޓަރިންގ ވިޔަފާރި

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖުލައި 2023

ހޮލީވުޑްގެ އެކްޓަރުންނާއި ލިއުންތެރިން ހަޅުތާލެއް ފަށައިފި

15 ޖުލައި 2023
ހޮލީވުޑްގެ އެކްޓަރުންނާއި ލިއުންތެރިން ހަޅުތާލެއް ފަށައިފި
03 އެޕްރީލު 2022

ހަނގުރާމައިގެ ސަބަބުން ފަޅުވެފައިވާ ޚާރްކީވް އަށް ދިރުން ގެނެސްދިނުމަށް މިޔުޒިޝަނެއް

03 އެޕްރީލު 2022
ހަނގުރާމައިގެ ސަބަބުން ފަޅުވެފައިވާ ޚާރްކީވް އަށް ދިރުން ގެނެސްދިނުމަށް މިޔުޒިޝަނެއް
02 ސެޕްޓެމްބަރު 2019

ހޮލީވުޑްގެ ތަރި ވިލް ސްމިތް ރާއްޖޭގައި

02 ސެޕްޓެމްބަރު 2019
ހޮލީވުޑްގެ ތަރި ވިލް ސްމިތް ރާއްޖޭގައި
16 ފެބުރުއަރީ 2019

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ފިލްމީތަރި އޮލެންޑޯ ބްލޫމް އެންގޭޖްވެއްޖެ!

16 ފެބުރުއަރީ 2019
ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ފިލްމީތަރި އޮލެންޑޯ ބްލޫމް އެންގޭޖްވެއްޖެ!
16 އެޕްރީލު 2018

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

16 އެޕްރީލު 2018
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި
25 މާރިޗު 2018

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް
28 ނޮވެމްބަރު 2017

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017
ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް