Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތަށް ކުޑަކަމުދިޔަ މީހާ

މިސްކިތަށް ކުޑަކަމުދިޔަ ޒިޔާދަށް އިތުރު މައްސަލައެއްގައި ޖަލު ޙުކުމެއް

3 އޯގަސްޓު 2023 | ބުރާސްފަތި 09:21

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިބްރާހިމް ޛިހުނީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2023 | ބުރާސްފަތި 09:21
ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މައްސަލައިގައި ކުށް ސާބިތުވި މ. ޝޭޑީހޯމް, ޙަސަން ޒިޔާދު

ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މައްސަލައިގައި ކުށް ސާބިތުވި މ. ޝޭޑީހޯމް, ޙަސަން ޒިޔާދު

ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މައްސަލައިގައި ކުށް ސާބިތުވި މ. ޝޭޑީހޯމް, ޙަސަން ޒިޔާދުގެ މައްޗަށް އިތުރު ކުށެއް ސާބިތުވެ އޭނާ ޖަލަށްލާން ޙުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް މިފަހަރު ސާބިތުވެފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެކެވެ. އެގޮތުން އެ ދައުވާކޮށްފައިވަނީ އޭނާ 22 މެއި 2022 ވަނަ ދުވަހު މާލޭގައި ހުރި ފިހާރައަކަށް ވަދެ، އެ ފިހާރަ ތެރޭގައި ހަމަނުޖެހުން ހިންގައި، އެ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާތީއެވެ.

Advertisement - newsAdvertisement

ޙަސަން ޒިޔާދު ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެގޮތުން ދައުވާއަށް އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށް އޭނާ ބުންޏެވެ.

ވުމާއެކު، މި މައްސަލައިގައި އަވަސްނިޔާގެ އަޑުއެހުމެއް ބާއްވާފައިވާއިރު، އެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. އަދި ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވައި، އޭނާގެ އިއުތިރާފުން މައްސަލަ ސާބިތުވާކަމަށް ނިންމަވާފައެވެ.

ދައުލަތުން އޭނާގެ އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ މިއީ ޖުނަޙުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

އޭނާގެ ރެކޯޑަށް ބަލާއިރު، މީގެ ކުރިން ސާބިތުވެފައިވާ ކުށްތަކަށް ބަލައި ދައުލަތުން ވަނީ އޭނާގެ އަދަބު 2 ދަރަޖަ މަތި ކުރެވޭނެކަން ބަޔާންކޮށް، އޭރުން އަންނާނެ އަދަބަކީ 3 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއްކަމަށް ބުނެފައެވެ.

އޭގެ އިތުރުން، އަދަބާ ގުޅޭގޮތުން ޙަސަން ޒިޔާދު ބުނެފައިވަނީ އޭނާގެ އަދަބަށް ލުއި ގޮތެއް ހަދައިދިނުމަށް އެދޭ ކަމަށެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި، އަދި ޙަސަން ޒިޔާދު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލައި ގާޒީ ވަނީ އޭނާގެ މައްޗަށް 3 މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައި އޭނާ ތަންފީޒު ކުރަން ޖެހޭނީ 2 މަހާއި 14 ދުވަހުގެ ޖަލު އަދަބެއްކަމަށް ނިންމަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިބްރާހީމް ޛިހުނީއެވެ.

އޭނާ ވަނީ ރައީސް އޮފީސް ދޮރު މައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒުގެ އިތުރުން ޖުމްހޫރީ މައިދާނަށް ގަސްތުގައި ކުޑަކަމުގޮސްފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއްކުރުމުގެ ކުށުގެ ދެ ދައުވާ ވަނީ ސާބިތުވެފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް