Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާސިމްގެ ޝަރީއަތް

ގާސިމްގެ ޝަރީއަތް މިއަދު 2:00 އަށް ތާވަލްކޮށްފި

އެމައްސަލަ ބާތިލް ކުރުމުން އަލުން ހުށަހެޅީ ބުދަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 ޖުލައި 2017 | އާދީއްތަ 05:49
ގާސިމް އިބްރާހީމް

ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހުގެ 2:00 އަށް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފިއެވެ.

ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ހުކުރު ދުވަހުގެ ރެއަށް ތާވަލް ކުރުމަށްފަހު، ކްރިމިނަލް ކޯޓުން ފަހުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

ދައުލަތުން މީގެ ކުރިން އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ކޯޓުން ބާތިލް ކުރުމުން، މިދިއަ ހަފްތާގައި ކްރިމިނަލް ކޯޓަށް އަލުން ވަނީ މައްސަލަ ހުށަހަޅާފަ އެވެ. މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ގާސިމްއާއި ހަވާލުކޮށްފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާސިމަށް ފޮނުވާފައިވާ ކޯޓު އަމުރުގައިވާ ގޮތުން ގާސިމް ކޯޓަށް ހާޒިރު ކުރައްވަނީ ރިޝްވަތު ދިނުމަށް ހުށަހެޅި ކަމުގެ ދައުވާއާއި ގުޅިގެންނެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ޤާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުކޮށްލީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ. އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވެފައިވެ އެވެ. ޤާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި ޢަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ލިޔެކިޔުންތައް ބަަދަލުކޮށް، އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމަކަށް ފަހުއެވެ. އެހެންކަމުން ހުކުރު ދުވަހު އޮންނާނީ ގާސިމްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު