Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީ

ވެލެންސިއާ ދޫކޮށް ކަވާނީ ބޮކާ ޖޫނިއާސް އަށް ބަދަލުވާން ނިންމައިފި

29 ޖުލައި 2023 | ހޮނިހިރު 02:31

ބޮކާ ޖޫނިއާސް އާއެކު ކަވާނީ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2023 | ހޮނިހިރު 02:31
ވެލެންސިއާ އަށް ކުޅެމުން އަންނަ ކަވާނީ

ވެލެންސިއާ އަށް ކުޅެމުން އަންނަ ކަވާނީ

ވެލެންސިއާ އަށް ކުޅެމުން އައި އުރުގުއޭގެ އެޑިންސަން ކަވާނީ އެ ކުލަބު ދޫކޮށް، އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ބަދަލުވާން ނިންމައިފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި ހުރުމަށްފަހު ކަވާނީ ވެލެންސިއާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރި ދެ އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ވެލެންސިއާގެ އިސްވެރިންނާއެކު މަޝްވަރާ ކުރުމަށްފަހު، މިހާރު ވަނީ އެއްބަސްވުން އުވާލަން ނިންމާފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންކަމުން ކަވާނީ ބޮކާ ޖޫނިއާސް އަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެ ކުލަބަށް ބަދަލުވުމަށް މިހާރު ކަވާނީ ވަނީ އަނގަބަހުން އެއްބަސްވެފައި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުލަބާއެކު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ބޮކާ ޖޫނިއާސް އާއެކު ކަވާނީ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ކަވާނީ ވަނީ ވެލެންސިއާގައި ހޭދަ ކުރި މުއްދަތުގައި އެކުލަބަށް 28 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. އޭގެ ކުރިން ޔުނައިޓެޑުގައި ހޭދަކުރި ދެ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް 59 މެޗުން 19 ލަނޑު ޖަހައިފަ އެވެ. ކަވާނީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކުޅުނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ. އެ ކުލަބުގައި އޭނާ ވަނީ ހަތް ސީޒަން ހޭދަ ކޮށްފަ އެވެ. ޕީއެސްޖީ އަށް ކުޅެދިން 301 މެޗުގައި އޭނާ ވަނީ 200 ލަނޑު ޖަހައިފަ އެވެ. އެކުލަބު ދޫކޮށްލިއިރު، ކަވާނީ އަކީ ޕީއެެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ނަމަވެސް ދާދި ފަހުން ކީލިއަން އެމްބާޕޭ ވަނީ އެ ރެކޯޑު މުގުރާލައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް