Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީ-ރަޖިސްޓްރޭޝަން

ރީ-ރަޖިސްޓްރޭޝަންގެ ތަރުހީބު ދަށް، ފަހުވަގުތަށް މަޑުނުކުރޭ!

28 ޖުލައި 2023 | ހުކުރު 12:41

އޮންލައިންކޮށް ރީރަޖިސްޓްރީކުރެވޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރު 12:00 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖުލައި 2023 | ހުކުރު 12:41
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރީ-ރަޖިސްޓްރޭޝަންއަށް ހުޅުވާލާފައިވާއިރު، ތަރުހީބު ދަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ރަޖިސްޓްރީވެފައިވާ ތަން ނޫން އެެހެންތަނެއްގައި ވޯޓުލާނަމަ ރީ-ރަޖިސްޓްރީކުރަން ޖެހެއެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ 16 ޖުލައިގައެވެ. 21 ދުވަސް މިކަމަށް ކަނޑައަޅާފައިވާއިރު، މި މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ. ނަމަވެސް އޮންލައިންކޮށް ރީރަޖިސްޓްރީކުރެވޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރު 12:00 އަށެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފަހަރުގެ އިންތިހާބުގައި ގާތްގަނޑަކަށް 30،000 އާއި 40،00 އާއި ދެމެދުގެ އަދަދަކަށް މީހުން ރީ-ރަޖިސްޓްރީކުރާނެކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ރީ-ރަޖިސްޓްރީކޮށްފައިވަނީ 9000 މީހުން ކަމަށާއި، އެއީ ނިސްބަތުން މަދު އަދަދެއްކަމަށެވެ. މި މަހުގެ 31 ވަނަ ދުވަހުގެ ރެޔަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ ފުރުސަތުގެ ބޭނުން ހިފައިގެން ވީހާވެސް ގިނަ ބަޔަކު އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ހާޒިރުވެގެން ފޯމު ހުށަހެޅޭނީ 5 އޮގަސްޓުގެ ހަވީރު 4:00 އާއި ހަމައަށެވެ.  މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓްރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެއެވެ. އީސީން ވަނީ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށް އެދިފައެވެ.

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި އެހެން ރަށްތަކުގެ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ މާލޭގައެވެ. އެހެންކަމުން މި އިންތިޚާބުގައި ވެސް މާލެއަށް ވޯޓުލާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެއެވެ. ނަމަވެސް މާލެ ނޫން އެހެން ރަށަކަށް މިފަހަރު ވޯޓުލާނަމަ އެ ފަރާތްތަކުން ވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ނޫން އެހެން ރަށްތަކުގައި ރަޖިސްޓްރީވެފައިވާ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގައެވެ. މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

ރީ ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހަޅާނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން އެރަށެއްގެ ކައުންސިލް އިދާރާއަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގެ އިން ފޯމުތައް ބަލައިގަންނާނެއެވެ. ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް