Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޭމަންޓް ސިސްޓަމް

އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރާ މި ސިސްޓަމުގައި ތިން ބޭންކަކުން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޖުލައި 2023 | ހުކުރު 02:18
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ​ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރާ މި ސިސްޓަމުގައި ތިން ބޭންކަކުން ބައިވެރިވިއެވެ.

Advertisement - newsAdvertisement

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކްތަކުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފައިވަނީ މި މަހުއެވެ.

މި އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ ތިން ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއިންނެވެ.

މިއީ ދިވެހިރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން ގާއިމްކުރާ ސިސްޓަމެކެވެ.

މި އެގްރީމެންޓަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ މަސްއޫލިއްޔަތުތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެގްރީމެންޓެކެވެ. އެގޮތުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރި ބޭންކުތަކާ އެމްއެމްއޭ އިން ވަނީ ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގގެ މަސައްކަތް ނިންމާފައެވެ.

ޕައިލެޓް ޓެސްޓިން އަށް ފަހު މި ބޭންކްތަކާއެކު ވަރަށް އަވަސް މުސްތަޤްބަލެއްގައ،ި އައިޕީއެސްގެ ޚިދުމަތްތައް އާންމުންނަށް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް ވަމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި އެގްރީމެންޓްގައި 3 ބޭންކަކާއެކު ސޮއިކުރެވުނު ނަމަވެސް، ބޭންކްތަކުން ތައްޔާރުވަމުންދާ މިންވަރަށް ބަލައި، އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު