Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމްގެ ގޮނޑި ގެއްލުން

ގޮނޑި ގެއްލުމުން، ބަދަލު ހޯދަން ނާޒިމް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

25 ޖުލައި 2023 | އަންގާރަ 09:44

14 ދުވަސް ތެރޭގައި މި މައްސަލަ ހުށައަޅައިފިނަމަ، ސިވިލް ކޯޓުން މި މައްސަލަ އަލުން ބަލަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2023 | އަންގާރަ 09:44
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް

ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު، ނިމިދިޔަ 18 ވަރަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް، ބަދަލު ހޯދަން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ނާޒިމުގެ ގޮނޑި ގެއްލުނީ، މެންބަރުކަމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް 2015 ވަނަ އަހަރު ސާބިތުވި މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމާއި ގުޅިގެންނެވެ. ނަމަވެސް ނާޒިމުގެ ފަރާތުން އެ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށައެޅުއްވުމުން ކޯޓުން ވަނީ އޭނާގެ ޙުކުމް ބާޠިލު ކޮށްފައެވެ.

Advertisement - newsAdvertisement

ވުމާއެކު، ޤާނޫނާ ޚިލާފަށް ޖަލު އަދަބު ކަނޑައެޅުމުގެ ސަބަބުން އޭނާގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލިފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި، ގޮނޑި ގެއްލުމުގެ ސަބަބުން އެވީ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަން ފައިސާ ދޭން ކަނޑައަޅައި ދިނުމަށް އެދި ނާޒިމް މައްސަލަ ހުށައެޅުއްވީއެވެ.

ނަމަވެސް ސިވިލް ކޯޓުގެ ރަޖިސްޓްރަރ ވަނީ އޭރު ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.

ރަޖިސްޓްރަރ މިހެން ނިންމެވީ، މަތީ ކޯޓަކުން ނިންމާ މައްސަލަތަކުގައި ބަދަލު ދިނުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތްކަމަށް ބުނެއެވެ. ރަޖިސްޓްރަރގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށައެޅުއްވުމުން، އިސްގާޒީ ނިންމެވީ ރަޖިސްޓްރަރގެ ނިންމުން ރަނގަޅު ކަމަށެވެ.

އެހިސާބުން، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމެވުމާއި މެދު ހިތްހަމަ ނުޖެހި، 4 އިސްތިއުނާފީ ނުކުތާއަކާއެކު ހައިކޯޓަށް ނާޒިމް  މައްސަލަ ހުށައެޅުއްވިއެވެ. ނަމަވެސް އެ މައްސަލަވެސް ނިމިފައިވަނީ ނާޒިމްއާ ދެކޮޅަށެވެ.

ވުމާއެކު، ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް 3 އިސްތިއުނާފީ ނުކުތާއެއް ހުށައަޅައި، އެ ނިންމުން އިސްތިއުނާފު ކުރީއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމާއި، އެ ނިންމުމަށް ތައީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ވިދާޅުވެ، އެ ނިންމުންތައް ބާތިލުކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލައަކީ އަލުން ސިވިލް ކޯޓުން ބެލޭނެ މައްސަލައެއްކަމަށާއި، އެގޮތުން 14 ދުވަސް ތެރޭގައި މި މައްސަލަ ހުށައަޅައިފިނަމަ، ސިވިލް ކޯޓުން މި މައްސަލަ އަލުން ބަލައި ގޮތެއް ނިންމަންޖެހޭނެކަމަށް ފެނިލައްވާކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވިއެވެ.

އެހެންނަމަވެސް، އޭނާގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވާ 14 ދުވަސް ހަމަވި ފަހުންކަމަށް ބަޔާންކޮށް ސިވިލް ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް