Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

"ރިޔާސީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމުގައި އެންމެ ބޮޑަށް ދަތިކަން ދިމާވަނީ މާލެ ސަރަހައްދުން"

ހަމަނުވެ ހުރި މަޤާމުތަކަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ރަށްރަށުގައި ތިބި އީސީގެ ފޯކަލް ޕޮއިންޓްތަކުގެ އެހީތެރިކަމާއެކު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 02:06
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމުގައި އެންމެ ބޮޑަށް ދަތިކަން ދިމާވަނީ މާލެ ސަރަހައްދުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އޮފިޝަލުން ލިބުމުގެ ދަތިކަން އަދިވެސް އެބަހުރި ކަމަށާއި ރިޔާސީ އިންތިޚާބަށް 6000 ވަަރަކަށް އޮފިޝަލުން ބޭނުންވާ އިރު އަދި ޔަޤީންކަމާއެކު ލިބިފައި ވަނީ 3000 ވަރަކަށް އޮފިޝަލުން ކަަމަށެވެ. އަތޮޅުތެރޭގެ ފޮށިތަކަށް ބޭނުންވާ އޮފިޝަލުންގެ ތެރެއިން ހަމަނުވެ ހުރި މަޤާމުތަކަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ރަށްރަށުގައި ތިބި އީސީގެ ފޯކަލް ޕޮއިންޓްތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ސަރަހައްދުތަކުން އޮފިޝަލުން ހޯދުމުގައި މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިސޯޓްތަކަށް އޮފިޝަލުން ހޯދުމުގައި ވެސް މާބޮޑު ދަތިތަކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު 23 ޖުލައިން ފެށިގެން 7 އޮގަސްޓްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ކެނޑިޑޭޓުންގެ ފޯމުތައް ލިބެން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަހު ވަގުތު ފޯމް ހުށަހެޅުމަކީ ފޯމުގައި ހުންނަ މައްސަލަތައް ރަނގަޅުކޮށްގެން އަލުން ހުށަހެޅުމަށް އޮތް ފުރުސަތު ކުޑަވާނެ ކަމެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ވީހާވެސް އަވަހަށް ކެނޑިޑެސީ ފޯމް ހުށަހެޅުމަކީ އެންމެ އެދެވޭ ގޮތް ކަަމަށެވެ.

ފޯމް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އޭނާގެ ކެންޑިޑެސީއާ މެދު ނިންމާ ގޮތް އީސީން އެ މީހަކަށް އަންގަންވާނެ ކަމަށް އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނެއެވެ. 48 ގަޑިއިރު ތެރޭގައި ވަކި އެއްޗެއް އެ ކެނޑިޑޭޓަކަށް ނާންގައިފިނަމަ އޭނާ އަކީ ކެންޑިޑޭޓެއް ކަަމަށް އޮޓޮމެޓިކުން ބެލޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު