Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯ ލީގު

ފުލަމްގެ ކޯޗު މާކޯ ސިލްވާ އަށް ސައުދީގެ ހުށަހެޅުމެއް

އަލް އަހްލީ އިން ސިލްވާ އަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖުލައި 2023 | އާދީއްތަ 03:14
ފުލަމްގެ ކޯޗު މާކޯ ސިލްވާ

ފުލަމްގެ ކޯޗު މާކޯ ސިލްވާ

ފުލަމްގެ ކޯޗު މާކޯ ސިލްވާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އިން މަސައްކަތް ފަށައިފި އެވެ.

އުމުރުން 46 އަހަރުގެ ސިލްވާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އަލް އަހްލީ އިން މިހާރު ވަނީ ރަސްމީ ބިޑެއް ވެސް ހުށަހަޅައިފަ އެވެ. މީޑިއާތަކުގައި އެ ވާހަކަ ރިޕޯޓުކޮށްފައި ވަނިކޮށް، ސިލްވާ ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނީ، އަލް އަހްލީގެ ފަރާތުން އޭނާ އަށް އައު ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ޤަބޫލު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީންކޮށްދޭން މިވަގުތު އުނދަގޫ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ފުލަމްގެ ކޯޗުކަމާ ހަވާލުވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދައްކައިދީފައި ވާނީ އެ ކުލަބަށް އޮތް ލޯތްބާއި، މަަސައްކަތަށް އޮތް އިހުތިރާމް ކަމަށެވެ. ސިލްވާ ބުނީ ކޮންމެ ގޮތެއް އޭނާ ނިންމި ނަމަވެސް، އެކަން ނިންމާނީ ފުލަމްގެ އިސްވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އަލް އަހްލީ އިން ސިލްވާ އަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ. އެއީ މުސާރައިގެ ގޮތުގައި 40 މިލިއަން ޔޫރޯ ލިބޭ ހުށަހެޅުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕޯޗުގަލަށް ނިސްބަތްވާ ސިލްވާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ފުލަމް އަކީ އޭނާ އިރުޝާދު ދޭ ހަތް ވަނަ ކުލަބެވެ. އޭނާ އިރުޝާދު ދިން ކުލަބުތަކުގެ ތެރޭގައި ޕޯޗުގަލްގެ އެސްޓޮރިލް، ސްޕޯޓިން، ގްރީކްގެ އޮލިމްޕިއާކޯސް، އިންގްލެންޑުގެ ހަލް ސިޓީ، ވަޓްފޯޑު އަދި އެވަޓަން ހިމެނެ އެވެ. އެވަޓަންގެ ކޯޗުކަމުން އޭނާ ވަކިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ފުލަމްއާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފުލަމް ވަނީ މިހާތަނަށް 94 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 47 މެޗުން މޮޅުވެ، 29 މެޗުން ބަލިވެފަ އެވެ. 18 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު