Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

މޫސާ ޑިއާބީ ހޯދުމަށް އަލް ނަސްރުން ދެވަނަ ބިޑެއް ކޮށްފި

20 ޖުލައި 2023 | ބުރާސްފަތި 06:26

ޑިއާބީ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް އަލް ނަސްރުން ކުރި ފުރަތަމަ ބިޑު ލެވަކޫސަނުން ވަނީ އަނބުރައި ފޮނުވާލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2023 | ބުރާސްފަތި 06:26
ލެވަކޫސަންއަށް ކުޅެމުން އަންނަ މޫސާ ޑިއާބީ

ލެވަކޫސަންއަށް ކުޅެމުން އަންނަ މޫސާ ޑިއާބީ

ޖަރުމަނު ލީގުގެ ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް ކަމަށްވާ މޫސާ ޑިއާބީ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ދެވަނަ ބިޑެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑިއާބީ ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް އަލް ނަސްރުން ކުރި ފުރަތަމަ ބިޑު ލެވަކޫސަނުން ވަނީ އަނބުރައި ފޮނުވާލާފައެވެ. އެހެން ނަމަވެސް، އިތުރު ކުރިއެރުންތަކާއެކު އަލް ނަސްރުން ވަނީ މި ހަފުތާތެރޭގައި ދެވަނަ ބިޑެއް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަލް ނަސްރުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއިންވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑިއާބީ ވަނީ އެސްޓަން ވިލާއަށް ފެހި ސިގްނަލެއް ދީފައި ކަމަށާއި، އެހެންކަމުން އަލް ނަސްރުން އަންނަނީ އޭނާ ހޯދުމަށް އިތުރަށް ބާރުއަޅަމުން ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޑިއާބީއަށް ބޮޑު މުސާރައެއް ދިނުމަށް އެ ކުލަބުން ހުށަހަޅާފައިވާކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އަގު ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ޑިއާބީއަށް ވަނީ ޕްރިމިއާ ލީގުގެ ކުލަބެއްގެ ހުށަހެޅުން ލިބިފައެވެ. ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑުން ޑިއާބީ ހޯދުމަށް 50 މިލިއަން ޕައުންޑުގެ އަގަކަށް ތައްޔާރުވި ނަމަވެސް، ލެވަކޫސަނުން ވަނީ އޭނާގެ އަގު 75 މިލިއަން ޕައުންޑަށް މަތިކޮށްފައެވެ. އެ އަގަށް އެއްބަސްނުވެވުމުގެ ސަބަބުން ނިއުކާސަލްއަށް އޭނާ ހޯދޭ ގޮތް ވަނީ ނުވެފައެވެ.

ޑިއާބީ ލެވަކޫސަނަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 172 މެޗުގައި 49 ލަނޑު ޖަހާފައެވެ. ނިމުނު ސީޒަނުގައި ޑިއާބީ ވަނީ ލެވަކޫސަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ ކުރިން އޭނާ ވަނީ ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ވެސް ކުޅެދީފައެވެ.

ބަޔާ ލެވަކޫސަން މޫސާ ޑިއާބީއައްނަސްރު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
16 ފެބުރުއަރީ 2025

ލެވަކޫސަން ކައިރިން ބަޔާން އެއްވަރު

16 ފެބުރުއަރީ 2025
ލެވަކޫސަން ކައިރިން ބަޔާން އެއްވަރު
03 ފެބުރުއަރީ 2025

ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި

03 ފެބުރުއަރީ 2025
ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި
24 ޑިސެމްބަރު 2024

ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް

24 ޑިސެމްބަރު 2024
ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް