Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ހަރަކާތްތައް

ދައުލަތަކީ ރައްޔިތުން ކޮންޓްރޯލްކުރާ އެއްޗެއް، ވެރިކަން ވެއްޓެނީ: ނާޒިމް

15 ޖުލައި 2017 | ހޮނިހިރު 04:55

އަދުލު އިންސާފާ ނުލައި ތަރައްޤީއެއް ކުރިއަކަށް ނުދާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ޖުލައި 2017 | ހޮނިހިރު 04:55
މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް

މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް

ވެރިކަން ފެށެނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ދައުލަތަކީ ރައްޔިތުން ކޮންޓްރޯލް ކުރާ އެއްޗެއް ކަމަށް މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި "ރައްޔިތުންގެ ބަދަލު" ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޤާނޫނު އަސާސީ ދަންނަ ގޮތުން ވެރިކަމުގެ އެންމެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި ވެރިކަން ފެށިގެން އަންނަނީ ވެސް ރައްޔިތުންނާ ހިސާބުން ކަމަށާއި ވެރިކަން ނިމިގެންދާނީ ވެސް ރައްޔިތުންނާ ހިސާބުން ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ޤާނޫނު އަސާސީ ނެތިކުރުމަކީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ނޫން ކަމަށާއި ސުޕްރީމްކޯޓަށް އޮތް ހަމައެކަނި ބާރަކީ ދުސްތޫރީ މައްސަލައެއްގައި ކަންކަމުގެ ރައުޔު ނެރުން ކަމަށްވާއިރު އެއީ ގޯސް ނިންމުމެއް ނަމަ އެކަން ވެސް ބަދަލު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޤާނޫނު އަސާސީގައި މިހުރިހާ ކަމެއް ވެސް ލިޔެ ބަޔާންކޮށްފައިވާއިރު މިއީ އެއްވެސް ބަހުސް ކުރަން ޖެހޭ ކަމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ރާއްޖޭގެ ތާރީހުގައި މަޖިލިޙުގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުން މިދަނީ ނޫނެކޭ ބުނަމުން ކަމަށާއި އެމަނިފާނު ރައްޔިތުންނާ މެދު ކިރިޔާ ވެސް ވިސްނަވާލައްވާ ނަމަ މިހާރު މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އުލު ބައިންދަން އުއްތަމަ ފަނޑިޔާރު އެކުރައްވާ މަސައްކަތަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އުއްތަމަ ފަނޑިޔާރަކީ އެއިރު ވެސް މިހާރު ވެސް ކަމުދާ ބޭފުޅެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރާއްޖެއަށް ތަރައްޤީއެއް ވެސް އެހެން ކަންތައް ވެސް އަދުލު އިންސާފާ ނުލައި ކުރިއަކަށް ނުދާނެ. ނިޒާމުން ބޭރުން ވުދޫޖުގައި ނެތް ކަމެއް ހިފައިގެން ގޮސް ޤާނޫނު އަސާސީ އިސްލާޙް ކުރިތަން ފެނިގެން މިދިޔައީ،" ނާޒިމް އިތުރަށް ވިދާޅުވިއެވެ.

މިހެން ނެރޭ ކިތަންމެ ކަމަން ރައީސް ޔާމިންއަށް ލިބޭ ނިކަމެތިކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވަމުން ރައީސް ޔާމިން ވެރިކަމަށް މިއަދު މިއޮތީ ފެއިލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް