Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާމީޒް ޕައިތަންއެއް ފެނުން

"މީ ހަރުފައަކާ ކުރިމަތިލާން އަހަރެން ބިރުގަތް ފުރަތަމަ ފަހަރު"

19 ފޫޓުގެ ބާމީޒް ޕައިތަންއޭ ކިއާ ޒާތުގެ ހަރުފައެއް ފްލޮރިޑާއިން ވަނީ ފެނިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 ޖުލައި 2023 | އާދީއްތަ 13:44
ބާމީޒް ޕައިތަންއާ ކުރިމަތިލި ދެމީހުން

ބާމީޒް ޕައިތަންއާ ކުރިމަތިލި ދެމީހުން

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާ ދިރުންތަކުގެ ތެރޭގައި އެ އެއްޗެއްގެ ނަން ބުނެލިއަސް ދެފައި ތުރުތުރުއަޅާ، ހިތް ނުތަނަވަސް ކުރުވާ އެތައް މަޚުލޫޤުތަކެއް ވެއެވެ. އެފަދަ އެކައްޗަކީ ހަރުފައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ހަރުފަ ދެކެ ބިރު ނުގަންނަ މީހަކު މަދުވާނެއެވެ. އިންސާނީ ޠަބިއްޔަތުން ހަރުފަ ދެކެ ބިރު ގަންނަނީ ހަމަ ގަންނަން ވެގެންނެވެ. ހަރުފައަކީ ބައެއް ޙާލަތްތަކުގައި ފުރާނައަށް ނުރައްކާ ކުރިމަތި ކުރުވާ މަޚުލޫޤެކެވެ. ހަރުފައަކާ ކުރިމަތިލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. އެއީ އެކަމަށް ބޭނުންވާ ޚާއްޞަ ތަމްރީނާއި ތަޖުރިބާ ލިބިގެން ނޫނީ، ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ނޫނެވެ. ހަރުފައާ ކުރިމަތިލުމުގެ ތަޖުރިބާއާއި ހުނަރު ލިބިފައި ތިބި މީހުންގެވެސް ހިތްތައް ނުތަނަވަސް ކުރުވާ ވަރުގެ ބޮޑެތި ހަރުފަތައް ދުނިޔޭގައި އުޅެއެވެ.

މި ފަހަރުވެސް ފެނިގެން މިއުޅެނީ އެ ފަދަ ހަރުފައެކެވެ. މި ފަހަރު ފެނިގެން މިއުޅެނީ 19 ފޫޓުގެ ބާމީޒް ޕައިތަންއޭ ކިއާ ޒާތުގެ ހަރުފައެކެވެ. މިއީ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިހާތަނަށް ފެނުނު، މިފަދަ އެންމެ ބޮޑު ނުވަތަ އެންމެ ދިގު ހަރުފައެވެ. މި ހަރުފަ ފެނިފައި ވަނީ، އެމެރިކާގެ ބިގް ސައިޕްރެސް ނޭޝަނަލް ޕްރިޒަވް އިންނެވެ. މިހާތަނަށް ފެނުނު ހަރުފައިގެ ވައްތަރުތަކުގެ ތެރެއިން އެންމެ ބޮޑު ހަރުފައިގެ ތެރޭގައި ހިމެނޭ ބާމީޒް ޕައިތަން ފެނުނީ ހަރުފަ ޝިކާރަ ކުރަން ނުކުމެ އުޅުނު ޓީމަކަށެވެ.

ޢުމުރުން 22 އަހަރުގެ ޖޭކް ވަލޭރީއާއި އޭނާގެ އެކުވެރިން ވަނީ 5.79 މީޓަރުގެ ބާމީޒް ޕައިތަންއާ ކުރިމަތިލާފައެވެ. ފްލޮރިޑާގައި ހަރުފަ ޝިކާރަ ކުރާ ޓީމުން މިހާރު ވަނީ އެ ހަރުފަ މަރާވެސް ލާފައެވެ.

ޕައިތަންސްއޭ ކިއާ ޒާތުގެ ހަރުފައަކީ އޭޝިއާ ސަރަޙައްދަށް ޚާއްޞަ ހަރުފައެކެވެ. ނަމަވެސް މި ބާވަތުގެ ހަރުފަތައް ވަނީ ފްލޮރިޑާގައި ވަކިހިއްޕާލާފައެވެ. މި ޒާތުގެ ހަރުފަ ހިފުމަށް ނުވަތަ މަރާލުމަށް ފްލޮރިޑާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ،  ހަރުފަ ޝިކާރަ ކުރާ މީހުންނަށް ހުއްދަ ދީފައެވެ. ޕައިތަންއަކީ ޖަންގަލީގެ އެހެނިހެން ދިރުންތަކުގެ އާބާދީ ނެތި ކުރަމުންދާ މަޚުލޫޤަކަށް ވީތީއެވެ.

މިހާތަނަށް ފެނުނު ކަމަށް ރެކޯޑް ކުރެވުނު އެންމެ ދިގު ބާމީޒް ޕައިތަންއާ ކުރިމަތިލި ވަލޭރީ ބުނި ގޮތުގައި، މިއީ އޭނާގެ މުޅި ޙަޔާތުގައިވެސް ހަރުފައަކާ ކުރިމަތިލާން ބިރުގަތް ފުރަތަމަ ފަހަރެވެ.

ވަލޭރީއާއި ހަރުފައާ ދެމެދު ހިނގި ކުރިމަތިލުމުގެ މަންޒަރުތައް ރެކޯޑް ކޮށްފައި ވަނީ އޭނާއާއެކު ތިބި އެކުވެރިންނެވެ. ވީޑީއޯއިން ފެންނަ ގޮތުގައި ވަލޭރީއަށް ހަރުފަ ހަމަލާ ދެއެވެ. އެހާ ހިސާބުން ވަލޭރީވެސް ހަރުފައާ ކުރިމަތިލައެވެ. ކުރިމަތިލުމުގެ ތެރޭގައި، ވަލޭރީގައި ގައިގައި ހަރުފަ އޮޅާލާ މަންޒަރުވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ.

ހަރުފަ ޝިކާރަ ކުރުމުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ ވަލޭރީ، ވިޔަފާރިއެއްގެ ގޮތުގައި އެ މައްސައްކަތް ފެށިތާ އަދި މިވީ ދެތިން އަހަރެވެ. ދެބެންގެ ދެދަރި ކުއްޖަކާއެކު ފެށި މަސައްކަތަކީ، ދާއިރާގެ ތަޖުރިބާ ނެތް މީހުންނަށް، ހަރުފަ ޝިކާރަ ކުރުމުގެ ފުރުޞަތު ހޯދާ ދިނުމެވެ.

19 ފުޓޫގެ ބާޒީމް ޕައިތަން މަރާލާފައި ވަނީ އިންސާނިއްޔަތުގެ ރޫޙާ ޚިލާފު ނުވާ ގޮތަކަށް ކަމަށާ، މަރާލުމަށްފަހު ހަރުފައިގެ މަސްގަނޑު، ކަމާ ބެހޭ ފަރާތްތަކާ ޙަވާލު ކޮށްފައި ވާ ކަމަށް ވަލޭރީ ބުނެއެވެ. ވެލޭރީއާ ކުރިމަތިލި ހަރުފައަކީ ދުނިޔޭގެ ރެކޯޑް \ފޮތުން ޖާގަ ހޮދާފައި ވާ ހަރުފައެކެވެ.

ބާމީޒް ޕައިތަން

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު