Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑްގައި ރައީސް ސާލިހު ގައުމު ހިންގެވުން

ކޮވިޑްގައި ވިލާ ކުންފުނިން މުވައްޒަފުން ނިކަމެތި ކުރި: ކޮޅުފުށި ކައުންސިލްގެ ރައީސް

15 ޖުލައި 2023 | ހޮނިހިރު 09:57

ވިލާ ކުންފުނިން މުއައްޒަފުން ދެބައިކުޅަ އެއްބަޔަށް މަދުކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2023 | ހޮނިހިރު 09:57
މ.ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލްއަލީމް ވާހަކަދައްކަވަނީ

މ.ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލްއަލީމް ވާހަކަދައްކަވަނީ

ކޮވިޑް-19ގައި ވިލާ ކުންފުނިން މުވައްޒަފުން ނިކަމެތި ކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދިވެހި ރައްޔިތުން ބިކަވިޔަނުދީ، ގައުމު ހިންގެވި ކަމަށް މ.ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލްއަލީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މ.ކޮޅުފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި އަބްދުލްއަލީމް ވިދާޅުވީ ކޮވިޑް-19އާއެކު ވިލާ ކުންފުނިން މުއައްޒަފުން ދެބައިކުޅަ އެއްބަޔަށް މަދުކޮށް، މުއައްޒަފުންގެ އެލަވަންސްތައް ކަނޑާލައި، އަސާސީ މުސާރަ ކުޑަކުރި ކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ރައްޔިތުންނަށްޓަކައި ކާޑުގެ ބާވަތްތައް އަގުހެޔޮކޮށް، ވާޒީފާ ގެއްލުނު މީހުންނަށް ޚާއްސަ އެލަވަންސެއް ދިން ކަމަށެވެ. އަދި ގޭގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރި މީހުންނަށް އެލަވަންސްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަބްދުލްއަލީމް ވިދާޅުވީ ރައީސް ޞާލިހު ކޮވިޑް-19އާއެކު ވެސް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯއްދަވާދެއްވި ކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ދެރޭގައި ނުވިސްނަވާ ވެރިއަކު ހުންނެވިނަމަ ދިވެހިން ބިކަވެގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮޅުފުށީ ތަރައްގީއަށް އިޝާރާތް ކުރައްވައި އަބްދުލްއަލީމް ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި އެރަށުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިން ކަމަށެވެ. މި ދައުރުގައި 13 މަޝްރޫއެއް ކުރިއަށް ގެންދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްއަލީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެރަށަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުތަކުން ރައްޔިތުން މާޔޫސްވި ކަމަށެވެ. ރަށުގެ އާމްދަނީ 2000ށް ވުރެ މަދުވުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ އެއްވެސް އުންމީދީ ޚަބަރެއް ނުދެއްވި ކަމަށް އަބްދުއްއަލީމް ވިދާޅުވިއެވެ.

އަބްދުއްއަލީމް ވިދާޅުވީ މިވެރިކަމުގައި ލާމަރުކަޒީ ނިޒާމު ތަންފީޒުވެގެން ދިއުމަކީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެރަށަށް ވަންނަ އާމްދަނީ މާލެއަށް ޖަމާކުރުމުގެ ބަދަލުގައި ރަށުގައި އާމްދަނީ ހިފެހެއްޓި ރަށުގެ ތަރައްގީއަށް ބޭނުންކުރުމުގެ މަގުފަހިވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް ބާރު ދިން ސަރުކާރެއް ކަމަށާއި، ތަރައްގީއާއި ތަހުޒީބަށް ވާސިލްވުމަށް ބޭނުންވާނަމަ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް