Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުއްގިރި ހިޔާނާތް

ފުއްގިރި މައްސަލައަށް 3 އަހަރު، އެކަމަކު މައްސަލަ ތާވަލުކުރާތީވެސް އަދިވެސް އިދިކޮޅުގެ ކަންބޮޑުވުން؟

13 ޖުލައި 2023 | ބުރާސްފަތި 10:09

އެމަނިކުފާނަށްވެސް އެންމެ މަސްލަހަތު އޮތް ގޮތަކަށްވާނީ މައްސަލަ އަވަހަށް ކުރިއަށް ދިއުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2023 | ބުރާސްފަތި 10:09
ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުންތައް އަވަަހަށް ކުރިއަށް ގެންދާތީވެސް، އިދިކޮޅު ބައެއް ފަރާތްތަކުން ކަންބޮޑުވާހެން ހީވެއެވެ.

ސަބަބަކީ މި މައްސަލައިގެ އަޑުއެހުންތައް ގާތް ގާތުގައި ތާވަލު ކުރަމުންދާ ވާހަކައާއި، މައްސަލަ އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތް ކުރަމުންދާ ވާހަކަ، އެކި ސިޔާސީ ޕޯޑިއަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނުރުހުންވެ ތިއްބަވައި ދައްކަވަމުން ގެންދަވާތީއެވެ.

އެހެންނަމަވެސް ހަގީގަތަކީ ފުއްގިރި މައްސަލައަކީ އިއްޔެއަކު ނުވަތަ މިއަދަކު ހުށަހެޅިފައިވާ މައްސަލައެއް ނޫނެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާ އުފުލީ 2020 ވަނަ އަހަރުއެވެ. އެ މައްސަލައަށް މިހާރު 3 އަހަރުވާން ދާއިރު، މައްސަލާގައި އަދި ކިރިޔާ ހެކިބަސް ނަގަން ފަށައިގަނެވުނީއެވެ. އަދިވެސް ދައުލަތުގެ ހެކިންގެ ހެކިބަސްތައް ނެގުން އެބައޮތެވެ. ދިފާއީ ހެކިންގެ ހެކިބަސްވެސް އަދި އޮންނާނެތާއެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިގެންދިޔައިރުވެސް، ފުއްގިރި މައްސަލަ އޮތީ މަޑުޖެހިފައެވެ. މިހާރު އެހެން ގާޒީއެއް މައްސަލަ ބައްލަވަން ހަވާލުވެވަޑައިގެން، އަވަހަށް މައްސަލަ ނިންމެވުމަށްޓަކައި އަޑުއެހުންތައް ގެންދަނީ ތާވަލު ކުރައްވަމުންނެވެ.

ފުއްގިރި މައްސަލަ ކުރިއަށް ނުދާތީއާއި، އެ މައްސަލައިގެ އަޑުއެހުންތައް ލަސްވަމުންދާތީ، ހުދު އިދިކޮޅު ފަރާތްތަކުންނާއި ޔާމީނުގެ ވަކީލުންވެސް އެކި މަހައްލުތަކުގައި ވާހަކަ ދައްކަވާފައި ތިއްބެވީ މަދަކުން ނޫނެވެ. ސުވާލަކީ އިއްޔެ މި މައްސަލަ އަވަސްކޮށް ގެންދަވަން ބޭނުންވެ، މިއަދު މި މައްސަލަ ލަސް ކުރައްވަން އެދިވަޑައިގަންނަވާ ސަބަބަކީ ކޮބައިބާއެވެ؟

ޔާމީނަކީ މިވަގުތު އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރެވެ. ޔާމީނުގެ މައްޗަށް ދައުވާއެއް އުފުލާފައިވާނަމަ، އެމަނިކުފާނަށްވެސް އެންމެ މަސްލަހަތު އޮތް ގޮތަކަށްވާނީ މައްސަލަ އަވަހަށް ކުރިއަށް ދިއުމެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ބޮޑެތި ޖިނާއީ ދައުވާތަކެއް އިސްތަށިފުޅުގައި އަޅުއްވައިގެން ހުންނެވުމަށް އެމަނިިކުފާނަށްވެސް ފަސޭހަފުޅެއް ނުވާނެއެވެ.

ނުވިތާކަށް، އިދިކޮޅު ފަރާތްތަކުން އެ އެދޭ ގޮތަށް ޔާމީނުގެ މައުސޫމުކަން ސާބިތުކޮށްދީ، އެއީ ޔާމީނު ނުކުރައްވާ ކުށެއްނަމަ އެ ކުށަކުން ބަރީއަވުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނީ މި މައްސަލަތަކުގެ އަޑުއެހުންތައް އަވަހަށް ކުރިއަށް ގެންދެވިގެންނެވެ. އެއީ ކޮންމެ ކޯޓެއްގައި އޮތް މައްސަލައެއް ކަމުގައިވިޔަސް އެކަން އޮތީ އެހެންނެވެ.

އޭގެ އިތުރުން، މި މައްސަލާގައި ޔާމީނާއި ދައުލަތުންވެސް، އަދި މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މަސްލަހަތުވެސް އެންމެ ފުރިހަމައަށް ރައްކާތެރި ކޮށްދެވޭނީ މި މައްސަލަތައް އަވަހަށް ނިމިގެންނެވެ. ނުވިތާކަށް ދައުލަތާއި ދިފާއުންވެސް ޝަފަހީ ހެކިން ހުށަހަޅާފައިވާއިރު، ދައުވާ ހުށަހަޅާތާ އެތައް އަހަރެއް ފަހުން އަޑުއެހުންތައް ބޭއްވުމަކީ ހެކިވެރިންގެ ހެކިބަހަށްވެސް އޭގެ ސަބަބުން އަސަރުކުރުވާ ކަމެއްކަން މިއީ މި ރާއްޖޭގެ ޝަރުއީ ނިޒާމުން ފެންނަން އޮތް ހަގީގަތެކެވެ.

ރ. ފުއްގިރި ކޮރަޕްޝަން މައްސަލައަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރި މައްސަލައެކެވެ. މި މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް