Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިން ހިޖުރަކުރުން

ދިވެހިން އެންމެ ގިނައިން ހިޖުރަކުރަނީ ތައުލީމު ހޯދުމަށް

11 ޖުލައި 2023 | އަންގާރަ 13:23

ރާއްޖޭގައި އާންމުކޮށް ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 އިންސައްތަ މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހިޖުރަކޮށްފައިވާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖުލައި 2023 | އަންގާރަ 13:23
އައިޔޫއެމްގެ ގްރެޖުއޭޝަން

އައިޔޫއެމްގެ ގްރެޖުއޭޝަން

ދިވެހިންގެ ތެރެއިން ހިޖުރަކޮށްފައިވާ އާބާދީއަށް ބަލާއިރު ގިނަ މީހުން ހިޖުރަކޮށްފައިވަނީ ތައުލީމު ހޯދުމަށްކަމަށް ބޯހިމެނުމުގެ ރިޕޯޓުގައި ބުނެފިއެވެ.

ދުނިޔޭގެ އާބާދީގެ ދުވަހުގެ މުނާސަބަތުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ރިޕޯޓް ނެރެފައެވެ.

Advertisement - newsAdvertisement

ބޯހިމެނުމުގައި ހިޖުރަކޮށްފައިވާ މީހުންކަމަށް ކަނޑައަޅާފައިވަނީ އެމީހަކު އާންމުކޮށް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއް ނުވަތަ ގައުމެއްގައި 1 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު އުޅެފައިވާނަމައެވެ. ނުވަތަ އެއް އަހަރާއި އެއަށްވުރެ ގިނަ ދުވަހު ދިރިއުޅެން ގަސްތުކޮށްގެން އެތަނެއްގައި ދިރިއުޅެމުން ގެންދާނަމައެވެ.

ބޯހިމެނުގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގައި އާންމުކޮށް ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 އިންސައްތަ މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހިޖުރަކޮށްފައިވާ މީހުންނެވެ. ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން 40 އިންސައްތައަކީ އުމުރުން 25 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ.

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބޯހިމެނުމުން ހާމަވެފައިވަނީ ތައުލީމު ހޯދުމެވެ. އެގޮތުން 20 އިންސައްތަ މީހުން ތައުލީމު ހޯދުމަށް ހިޖުރަކޮށްފައިވާއިރު ވަޒީފާ ހޯދުމަށް 19 އިންސައްތަ އަދި އާއިލާ ހިޖުރަކުރުމުން އާއިލާއާއެކު ދިރިއުޅުމަށް 19 އިންސައްތަ މީހުން ހިޖުރަކޮށްފައިވެއެވެ.

މާލެއަށް ގިނަ މީހުން ހިޖުރަކޮށްފައިވަނީ ތައުލީމު ހޯދުމަށެވެ. އެއީ 37 އިންސައްތަ މީހުންނެވެ. އާއިލާ ހިޖުރަކުރުމުން އާއިލާ އާއެކު ދިރިއުޅުމަށް މާލެއަށް 21 އިންސައްތަ މީހުން ހިޖުރަކުރިއިރު ވަޒީފާ އަދާކުރުމަށް މާލެ އަށް 14 އިންސައްތަ މީހުން ހިޖުރަކޮށްފައިވެއެވެ.

މައިގަނޑު ގޮތެއްގައި އަތޮޅުތެރެއަށް މީހުން ހިޖުރަކޮށްފައިވަނީ ރަށުގައި އެނބުރި ދިރިއުޅުމަށެވެ. ދެން އެންމެ ގިނަ މީހުން އަތޮޅުތެރެއަށް ހިޖުރަކޮށްފައިވަނީ އާއިލާއާއެކު ދިރިއުޅުމަށެވެ. ދެން ކައިވެންޏާ ގުޅިގެންނެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ދިރިއުޅޭ އާބާދީ އަކީ 515،132 އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް