Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު)

‎ޤައުމީ ރަންޔޫބީލު ޚިދުމަތްތެރި ވަޠަނީ ލާމަސީލު ޝަޚްޞިއްޔަތު

ހައިވަކަރު އަޙްމަދުފުޅަކީ ދައުލަތަށް 55 އަހަރު ޢަސްކަރީ އަދި މަދަނީ، އިޖުތިމާޢީ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ހަރުދަނާ ޤައުމީ ވަޠަނީ ޚިދުމަތްތެރިއެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 17:38
އަލްމަރްޙޫމް ހައިވަކަރު އަހުމަދުފުޅު

އަލްމަރްޙޫމް ހައިވަކަރު އަހުމަދުފުޅު

ޤައުމީ ރަންޔޫބީލު ޚިދުމަތްތެރި ވަޠަނީ ލާމަސީލު ޝަޚްޞިއްޔަތު މަޝްހޫރު އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެފައިވަނީ ޢުމުރުފުޅުން 89 އަހަރުފުޅުގައެވެ.

އަހުމަދު ޔޫސުފް ނުވަތަ ހައިވަކަރު އަހުމަދުފުޅު އަވަހާރަވެފައިވަނީ 5 އޯގަސްޓް 2022 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހައިވަކަރު އަޙްމަދުފުޅަކީ ދައުލަތަށް 55 އަހަރު (ބައި ޤަރުނު / ރަންޔޫބީލަށްވުރެ ގިނަދުވަހު) ޢަސްކަރީ އަދި މަދަނީ، އިޖުތިމާޢީ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ހަރުދަނާ ޤައުމީ ވަޠަނީ ޚިދުމަތްތެރިއެކެވެ.

އަލްމަރުޙޫމް ހައިވަކަރު އަޙްމަދުފުޅު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 8 އޮކްޓޯބަރ 1953 ގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ދިވެހި ޢަސްކަރިއްޔާގައެވެ. ޢަސްކަރިއްޔާގެ ޚިދުމަތުގައި 24 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވިއިރު، ޢަސްކަރިއްޔާގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. އެގޮތުން ޢަސްކަރިއްޔާގެ ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، 3 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މުލަކުތޮޅު އަތޮޅުވެރިކަމާއި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަންވެސް ކުރެއްވިއެވެ. މުލަކަތޮޅު އަތޮޅުވެރިކަން 2 ފަހަރެއްގެ މަތިން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ރެންޓަލްސް ޑިވިޜަންގެ އެސިސްޓެންޓް މެނޭޖަރކަމާއި، މެނޭޖަރކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އެންމެ ފަހުން ހުންނެވީ ކޮމިއުނިޓީ އޯގަނައިޒޭޝަން ޑެވެލޮޕްމަންޓް ކައުންސލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އެއީ ނޮވެންބަރު 2008 އާއި ހަަމަޔަށެވެ

100 އަހަރުވުމުގެ އިހުތިފާލު މިހާރު ފެށިގެން ހިނގަމުންދާ ރާއްޖޭގެ އެންމެ ފަޚުރުވެރި މަދުރަސާ މަޖީދިއްޔާގެ ފުރަތަމަ 25 އަހަރުގެ ތެރޭގެ ދަރިވަރުންގެ ތެރޭގައި ހިމެނުމުގެ ޝަރަފު ލިބުނު ފަޚުރުވެރި ދަރިވަރެކެވެ.

އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރެއިން ކުޅިވަރުގެ ރޮނގުން ކުރެއްވި ޚިދުމަތްތައް ފާހަގަކުރެވެއެވެ.

އަމީނީ ދައުރުގައި 1940ގެ އަހަރުތަކުގައި (މީގެ 75 އަހަރުކުރިން) ދިވެހިރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ އުފެދުނު ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީފަރެވެ.

ހައިވަކަރު އަހުމަދުފުޅު އަވަހާރަވުމަކީ މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ޖީލުގެ އެންމެ ފަހުގެ ނިޝާނެއް ނެތިދިއުމުގެވެސް ގައުމީ ހިތާމައެކެވެ.

އޭނާ އަކީ ކުޅިވަރުގެ މަޝްހޫރު ޝަޚުސިއްޔަތު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ ބައްޕައެވެ. އަދި ފަންނީ މަޝްހޫރު ޝަޚުސިއްޔަތު މަހުދީ އަހުމަދުގެ ބައްޕައެވެ. ޢިލްމީގޮތުން މަޤުބޫލު ނުވަތަ ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދުގެވެސް ބައްޕައެވެ. މަޝްހޫރު މަޤުބޫލު ރޭޑިއޯ ޝަޚުސިއްޔަތު ނަޖުމާ ހުސެއިން ނުވަތަ އާންމު ނަމުން ނަމަ ނަޖުމާއްތަގެ ފިރިކަލުންނެވެ.

‏اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسّع مدْخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس، اللهم أبدله داراً خيراً من داره، وأهلاً خيراً من أهله وزوجاً من زوجه، وأدخله الجنّة، وأعذه من عذاب القبر، ومن عذاب النّار.

امين

ރަޙްމާންވަންތަ، ރަޙީމްވަންތަ، ކަރީމްވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެެރި ޙަޟުރަތުން، މަރުޙޫމަށް ފުއްސެވުމާއި ރުއްސެވުމާއި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާފާނދޭވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާފާނދޭވެ.

އާމީން

ހައިވަކަރު އަހްމަދުފުޅު

ކޮމެންޓް

އިތުރަށް ކިޔާލަން

 ފުރަތަމަ އިންޓަރ ސްކޫލް، ދެން ޤައުމީ ޓީމް، ކްލަބް ވޮލީއަށް ނުކުތީ އޭގެފަހުން!

ފުރަތަމަ އިންޓަރ ސްކޫލް، ދެން ޤައުމީ ޓީމް، ކްލަބް ވޮލީއަށް ނުކުތީ އޭގެފަހުން!

17 މެއި 2023
ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

09 މެއި 2023
ހައިވަކަރު އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ހައިވަކަރު އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

05 އޯގަސްޓު 2022

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު