Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުޑީސީ އެކައުންޓުން ފައިސާ ޓްރާންސްފަރކުރުން

ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކުރުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް އިރެއްގައި ހިނގާފައެއް ނުވާނެ: އާރުޑީސީ

6 ޖުލައި 2023 | ބުރާސްފަތި 01:02

އެފަދަ އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ މުއާމަލާތަކާއި ގުޅުންހުރި ކަމެއް ކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ހިނގާފައިނުވާނެކަމުގެ ޔަގީންކަންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖުލައި 2023 | ބުރާސްފަތި 01:02
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ކުންފުނީގެ މައި އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާކަމަށް މީޑިޔާގައި ދައުރުވަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަ އެއްކަމަށް އެކުންފުނިން ބުނެފިއެވެ.

އާރުޑީސީގެ އެކައުންޓުން އަމިއްލަ ބޭނުމަކަށް ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން އާރުޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އެކައުންޓުން 13 މިލިއަން ރުފިޔާ ކުންފުނީގެ ސީއެފްއޯގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ އެމައްސަލަ ފުލުހުން ބަލަމުންދާކަމަށް ބައެއް މީޑިޔާތަކުން ޚަބަރު ގެނެސްދީފައިވާކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ މުއާމަލާތަކާއި ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ހިނގާފައިނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

Advertisement - newsAdvertisement

އާރުޑީސީ އަކީ ގަވާއިދުން ކޮންމެ އަހަރަކު އޮޑިޓްކުރެވޭ ކުންފުންޏެއްކަމަށާއި އަދި މިހާރުވެސް އޮޑިޓަރ ޖެނެރަލް އޮފީހުން ޚާއްސަ އޮޑިޓެއް ކުރަމުން ގެންދާކަމަށާއި ކުންފުނީގެ ފައިނޭންޝަލް ޕޮލިސީއާއި ޚިލާފު އެއްވެސް ފައިސާގެ މުއާމަލާތެއް ނުވަތަ އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނެތްކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މިޚަބަރު ބައެއް ނޫސްތަކުން ގެނެސްދީފައިވަނީ ކުންފުނީގެ ބަހެއް ނެތި މައުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމަކާ ނުލާކަމަށާއި އެއީ ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް އާ ޚިލާފަށް ގެނެސްދީފައިވާ ޚަބަރެއްކަމަށްވެސް އާރުޑީސީން ބުނެއެވެ.

އާރުޑީސީ އާއި ގުޅުންހުރި ފައިސާގެ އެއްވެސް މައްސަލައެއް ތަހުގީގުކުރަމުންދާކަން ނުވަތަ ތަހުގީގުކުރަން ބޭނުންވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުން އާރުޑީސީއަށް އަންގާފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އާރުޑީސީން ކުންފުނީގެ ޚަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުން އަންނަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށްކަމަށް އާރުޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ފައިސާއަށް ޚިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އާރުޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އާރުޑީސީގެ ބޭންކް އެކައުންޓުން ކުންފުނީގެ އިސް ފަރާތްތަކަށް 13 މިލިއަން ރުފިޔާ ޖަމާކުރި ކަމުގެ މައްސަލައެއް ބަލަމުންދޭތޯ އެ އިދާރާގެ މީޑިއާ ގްރޫޕެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނީ އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް