Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ޔުނައިޓެޑް

މައުންޓް، މެންޗެސްޓާ ޔުނައިޓެޑާ ގުޅުމާ ގާތަށް

30 ޖޫން 2023 | ހުކުރު 09:55

ޗެލްސީން ވަނީ މީގެކުރިން ކުރި ތިން ބިޑު ވެސް ބާތިލްކޮށްފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 30 ޖޫން 2023 | ހުކުރު 09:55
މޭސަން މައުންޓް

މޭސަން މައުންޓް

މޭސަން މައުންޓް ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެ ރިޕޯޓުތަކުން ބުނާގޮތުން ޔުނައިޓެޑުން ފުރަތަމަ 55 މިލިއަން ޕައުންޑް ދައްކަން ޖެހޭއިރު، އިތުރު ފަސް މިލިއަން ޕައުންޑް އެޑްއޮންގެ ގޮތުގައި ދޭން ޖެހޭނެއެވެ. މައުންޓް މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނައިރު، ޔުނައިޓެޑާ އެކު އޭނާގެ މެޑިކަލް އޮންނާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގައެވެ.

އިންގްލެންޑުގެ އިންޓަނޭޝަނަލް ކުޅުންތެރިޔާއަށް ޗެލްސީން އެންމެ ފުރަތަމަ ޑިމާންޑް ކުރީ 70 މިލިއަން ޕައުންޑް ދިނުމަށެވެ. ޔުނައިޓެޑުން ކުރި 40 މިލިއަން ޕައުންޑާއި 50 މިލިއަން ޕައުންޑް އަދި 55 މިލިއަން ޕައުންޑުގެ ބިޑްތައް ޗެލްސީން ވަނީ ބާތިލްކޮށްފައެވެ.

އުމުރުން 24 އަހަރުގެ މައުންޓް ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުމުގެ ފަހު އަހަރަށް ވަނުމަށް ތައްޔާރުވަމުން ދަނިކޮށް އާ އެއްބަސްވުމަކާ ގުޅޭ މަޝްވަރާތައް ވަނީ ރޫޅިފައެވެ. އޭނާ ޗެލްސީގައި މަޑުކުރި ނަމަ އަންނަ ހޫނު މޫސުމުގައި ފްރީ އެޖެންޓެއްގެ ގޮތުގައި އޭނާ ވަކިވީހެވެ. އޭނާ ވެގެންދާނީ މެންޗެސްޓާ ޔުނައިޓެޑުން މި ޓްރާންސްފާ މާކެޓުގައި ސޮއިކުރާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މައުންޓް ޗެލްސީ ދޫކޮށްލަނީ އޭނާގެ ކުޑައިރުގެ ކުލަބަށް 195 މެޗު ކުޅެދީފައެވެ. އޭނާ އަކީ 2021 ވަނަ އަހަރު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

ޔުނައިޓެޑާ އެކު އަމިއްލަ ޝަރުތުތަކަށް އެއްބަސްވެފައިވާ މައުންޓް ދެން މެޑިކަލް ހަދަން ނިންމާފައިވާއިރު، ޖުލައި މަހުގެ 20 ވަނަ ދުވަހު ނިއު ޔޯކްގައި ފަށާ ޕްރީސީޒަން ޓުއާގައި ޓެން ހޭގްގެ ސްކޮޑުގައި ހިމެނޭނެ އެވެ.

ޖުލައި މަހުގެ 12 ވަނަ ދުވަހު އޮސްލޯގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި މައުންޓް ފެންނާނެ ކަމަށް ބެލެވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްމޭސަން މައުންޓްޗެލްސީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް