Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހައްޖު ދުވަސް 1444

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފެށުމުގެ ގޮތުން، ހައްޖުވެރިން މިނާއަށް ޖަމާވާން ފަށައިފި

ސައޫދީ ރަސްގެފާނުގެ ދީލަތި އެހީފުޅެއްގެ ގޮތުން މިއަހަރު 4،951 ފަރާތަކަށް ހައްޖު ދަތުރު ހަމަޖައްސަވައިދެއްވާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 26 ޖޫން 2023 | ހޯމަ 17:39
ހައްޖު

ހައްޖު

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު ދެ މިލިއަނެއްހާ މީހުން ސައޫދީ އަރަބިއްޔާއަށް ޖަމާވެފައިވާއިރު، ހޯމަ ދުވަހުގެ ހަވީރުން ފެށިގެން ހައްޖުވެރިން ވަނީ މިނާއަށް ޖަމާވާން ފަށާފައެވެ. ހައްޖުވެރިން މިރޭ މިނާގައި ތިބުމަށްފަހު ފަތިސް ނަމާދު ކޮށްގެން ބަސްތަކުގައި އަރަފާތު ބިމަށް ޖަމާވާން ފަށާނެއެވެ.

އަރަފާތުގައި ތިބޭ ދުވަސް ނުވަތަ ހައްޖު ދުވަހަކީ، ހައެއްކަ ދުވަހަށް ދެމިގެންދާ ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތުގައި ހައްޖުވެރިން އެދުވަހުގެ އިރުއޮއްސެންދެން ދުއާކުރުމާއި އިސްތިޣްފާރު ކުރުމުގައި ތިބޭނެއެވެ. އަރަފާތު ދުވަހުގެ ޚުތުބާ އިއްވުން އޮންނާނީ އަރަފާތު ބިމުގައި ހުންނަ ބޮޑު މިސްކިތް މަސްޖިދުއް ނަމިރާގައެވެ. އެއަށްފަހު މެންދުރުނަމާދާއި އަސުރު ނަމާދު ޖަމްއުކޮށް ކުރާނެއެވެ. އެއަށްފަހު އަނެއްކާވެސް ޤުރުއާން ކިޔެވުމާއި އެހެންވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށްފަހު އިރުއޮއްސުމުން އެނބުރި މިނާއަށް ދާނީއެވެ.

މިއަހަރަކީ ކޮވިޑް 19އަށްފަހު ފުލް ކެޕޭސިޓީގައި ހައްޖުގެ ކަންތައް ހުޅުވައިލި ފުރަތަމަ ފަހަރެވެ. ކޮވިޑް ތެރޭގައި އެޅި ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު މުޅިން ވީއްލާފައި ވުމާއެކު، އަޅުކަމުގެ ކަންކަމުގައި ހުރިހާ ހައްޖުވެރިންވެސް ބައިވެރިވަމުން އަންނަނީ އުފާވެރި، ހުޅުވައިލެވިފައިވާ މާހައުލެއްގައެވެ.

މިއަހަރަކީ 2019 ވަނަ އަހަރަށްފަހު އެންމެ ގިނަ މީހުން ހައްޖަށް ދިޔަ އަހަރެވެ. އެފަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

ސައޫދީ ރަސްގެފާނުގެ ދީލަތި އެހީފުޅެއްގެ ގޮތުން މިއަހަރު 4،951 ފަރާތަކަށް ހައްޖު ދަތުރު ހަމަޖައްސަވައިދެއްވާފައި ވާކަމަށް ސައޫދީ ގެޒެޓް ބުނެއެވެ. 90 ގައުމަކުން ހޮވާލާފައިވާ ރަސްގެފާނުގެ މެހެމާނުންގެތެރޭގައި، ޔަމަނުގައި ކުރިޔަށްދާ ހަނގުރާމާގައި މަރުވެފައިވާ މީހުންގެ އާއިލާތަކުން ހޮވައިލެވުނު 2000 މީހުންނާއި، ފަލަސްތީނުގެ ޖިހާދުގައި ޝަހީދުވެފައިވާ މީހުންގެ އާއިލާތަކާއި އަދި އަނިޔާތައް ލިބުނު 1000 މީހުން ހިމެނެއެވެ.

ސައޫދީ ސަރުކާރުން، ހައްޖުވެރިންގެ ފަސޭހަޔަށް މިނާ އަދި އަރަފާތުގައި ކަންތައް ފުރިހަމަކޮށްފައި ވާއިރު، ސިއްހީގޮތުންވެސް ރައްކާތެރިވާންވީ ކަންތައް ކެނޑިނޭޅި ދަނީ އަންގަމުންނެވެ. މިއަހަރަކީ އެހެން އަހަރުތަކަށްވުރެ ހޫނު ގަދަ އަހަރަކަށް ވުމާއެކު، ހޫނުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށްވެސް ސަމާލުވުމަށް އޮފިޝަލުން ދަނީ ނަސޭހަތްތެރިވަމުންނެވެ.  

ހައްޖުހައްޖު 1444

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު