Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ގޯތި ދޫކުރުމުގެ ސިޔާސަތު

ސިޔާސަތަކީ ޝަރުތު ހަމަވާ އެންމެންނަށް ކުރިއަށް އޮތްތަނުގައި ގޯތި ދިނުން، 19000ށްވުރެ ގިނަ މީހުން ޝަރުތު ހަމަވޭ: އަސްލަމް

26 ޖޫން 2023 | ހޯމަ 13:29

މި ބުރުގައި 5،000 ގޯތި ދޫކުރާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖޫން 2023 | ހޯމަ 13:29
ޕްލޭނިންގ މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްލޭނިންގ މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ސަރުކާރުގެ ސިޔާސަތަކީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުން ކަމަށް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވިސްނުންފުޅަކީ ގޯއްޗަށް އެދި ކުރިމަތިލީ ވީހާވެސް ގިނަ ފަރާތްތަކަށް ގޯތި ލިބޭނޭ މަގު ހޯއްދަވައިދެއްވުން ކަމަށެވެ. އެހެންކަމުން "ބިންވެރިޔާ" ސްކީމްގެ ދަށުން ދޭ 5000 ގޯތި ލިބޭ މީހުންގެ ލިސްޓު ހޯމަ ދުވަހު ހާމަކުރިނަމަވެސް، ބާކީ ތިބި ޝަރުތު ހަމަވާ މީހުންނަށްވެސް ކުރިއަށް އޮތްތަނުގައި ގޯތި ދިނުމަަކީ ސަރުކާރުގެ ވިސްނުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23000ށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެއީ ޖުމްލަ 15164 ފޯމެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން 19000ށްވުރެ ގިނަ މީހުންނަކީ ގޯތި ލިބުމުގެ ޝަރުތު ހަމަވާ މީހުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ 5000 ގޯތި, 10314 މީހަކަށް ލިބޭނެކަމަށެވެ. އަދި އިތުރު 9544 މީހުންނަކީ ގޯތި ލިބުމަށް ޝަރުތުހަމަވާ ފަރާތްތައް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވިގޮތުގައި ގޯތީގެ ސައިޒު ކަނޑައަޅާފައިވަނީ އެޕްލިކަންޓުންގެ އަދަދަށް ބެލުމަށް ފަހުގައެވެ. އެހެންކަމުން ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ ފޯމްތަކަށް ލިބޭ ގޯތީގެ ސައިޒު، އެންމެ މީހެއްގެ ނަމުގައި ހުށަހަޅާފައިވާ ފޯމަށް ލިބޭ ގޯތިތަކަށްވުރެ ސައިޒުން ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން މިފަަދަ ސްކީމެއްގެ އެންމެ މުހިންމު ބޭނުމަކީ ގޯތިގެދޮރު ނެތި ތިބި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްލު ނުލިބި ގިނަ ދުވަސްވެފައިވާ މައްސަލައެއްކަމުން މި މައްސަލަ ހައްލުކުރުމަކީ އުނދަނގޫ ކަމެއްކަން އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

އަސްލަމް ވަނީ ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށްވެސް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މި މަރުހަލާ ކުރިއަށް ގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

ޝަރުތު ހަމަނުވާ މީހުންނަށް ގޯތި ނުލިބޭ ސަބަބު "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށް އެނގެން ހުންނާނެކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3.7 މިލިއަން އަކަފޫޓެވެ. މިނިސްޓްރީން ބުނެފައި ވަނީ، ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދޭން ހޮވާ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށްފަހު ކަމަށާއި، ހޯމަ ދުވަހު ގެޒެޓްކުރި ގޯތި ލިބޭ މީހުންގެ 5،000 މީހުންގެ ލިސްޓަކީ "ލައިވް" ނުވަތަ އަޕްޑޭޓްކުރަމުން ދާނެ ލިސްޓެއް ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ލިސްޓުގައިވާ އެންމެންނަށް ގޯތި ލިބުމާ ހަމައަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެއިން ގޯތި ނުދޭތާ އެތައް އަހަރުތަކެއް ފަހުން އެ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ބިން ދޫކުރުމަށް ނިންމަވައި، އެކަމާގުޅޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މެމްބަރު މުހައްމަދު އަސްލަމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރބިންވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
20 ޑިސެމްބަރު 2024

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

20 ޑިސެމްބަރު 2024
ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް