Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ދެވަނަ ބިޑު ރިޖެކްޓުކުރުމުން، މައުންޓު ހޯދުމަށް ޔުނައިޓެޑުން ތިންވަނަ ބިޑެއް ކޮށްފި

ކުރީ ފަހަރުގެ ދެ ބިޑާ ޚިލާފަށް، ތިންވަނަ ބިޑުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ ގެނެސްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 03:43
ޗެލްސީއަށް ކުޅެމުން އަންނަ މޭސަން މައުންޓު

ޗެލްސީއަށް ކުޅެމުން އަންނަ މޭސަން މައުންޓު

ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ސެންޓްރަލް މިޑްފީލްޑަރު މޭސަން މައުންޓު ހޯދުމަށް، ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ކުރި ދެވަނަ ބިޑު ރިޖެކްޓުކުރުމުން، ތިންވަނަ ބިޑެއް ކޮށްފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

މައުންޓު ހޯދުމަށް މިހާތަނަށް ޔުނައިޓެޑުން ކުރި ރަސްމީ ދެ ބިޑުވެސް ޗެލްސީން ވަނީ ރިޖެކްޓުކޮށްފައެވެ. ސަބަބަކީ ޗެލްސީން ބޭނުންވާވަރުގެ އަގެއް ޔުނައިޓެޑުން ހުށަނާޅާތީއެވެ. ނަމަވެސް މިހާރު ޔުނައިޓެޑުން ވަނީ ރަސްމީކޮށް ތިންވަނަ ބިޑެއް ކޮށްފައިކަމަށް މީޑިއާތަކުން ބުނެއެވެ. އަދި އެއީ މައުންޓު ހޯދުމަށް ޔުނައިޓެޑުން ކުރާނެ ފައިނަލް ބިޑު ކަމަށްވެސް ވަނީ ބުނެފައެވެ. ކުރީ ފަހަރުގެ ދެ ބިޑާ ޚިލާފަށް، ތިންވަނަ ބިޑުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެއެވެ. އެހެންކަމުން ތިންވަނަ ބިޑަށް ޗެލްސީން ގަބޫލުވުމުގެ ފުރުސަތު ބޮޑެވެ. މައުންޓު ހޯދުމަށް ޔުނައިޓެޑުން ރަސްމީކޮށް ބިޑުކޮށްފައިވަނީ، ކުޅުންތެރިޔާއާއެކު އެެއްބަސްވުމަަކަށް އާދެވުމުންނެވެ. މައުންޓު ބޭނުންވަނީ ޗެލްސީ ދޫކޮށްލުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތުމުން, ހިލޭ ޓްރާންސްފަރއެއްގައި ދެވޭގޮތެއް ނުވާނެއެވެ. އެހެންކަމުން ޗެލްސީން މައުންޓު ދޫކޮށްލާނީ އެކުލަބުން ބޭނުންވާ އަގެއް ދޭން ޔުނައިޓެޑުން ގަބޫލުވާނަމައެވެ.

މައުންޓު އޭނާގެ ސީނިއަރ ކެރިއަރު ޗެލްސީން ފެށީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ކުލަބަކަށް ކުޅެފައެވެ. އެއީ 2017އިން 2018އަށް ވިޓޭސްއަށް، އަދި 2018އިން 2019އަށް ޑާބީ ކައުންޓީއަށެވެ. އެއަށްފަހު އޭނާ ވަނީ އެނބުރި ޗެލްސީއަށް އައިސްފައެވެ. މައުންޓު ވަނީ ޗެލްސީއަށް މިހާތަނަށް ޖުމުލަ ކުޅެދިން 195 މެޗުގައި 33 ލަނޑު ޖަހާފައެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަރ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ތިންފަހަރު, އަދި ކަރަބޯ ކަޕްގެ ފައިނަލްގައި އެއް އަހަރު ވަނީ ކުޅެފައެވެ.

ޗެލްސީމޭސަން މައުންޓްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު