Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމްގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނުހިނގާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

މަޖިލީހުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނުއަސާސީގެ ތިންބާރު ވަކިވެފައި އޮތުމާއި އެއްބާރު އަނެއްބާރަށް ފާރަވެރިވެ ހަރަކާތްތެރިވުމަށްވެސް ހުރަސްއެޅޭ ކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ޖޫން 2023 | ހުކުރު 01:11
އެޗްއާރުސީއެމް ގެ މުވައްޒަފުން

އެޗްއާރުސީއެމް ގެ މުވައްޒަފުން

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި އެންމެ ފުރިހަމައަށް ހިނގަމުން ނުދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ހައްގުތަކާ ގުޅުންހުރި ބިލްތަކުގެ މަސައްކަތް މަޖިލީހުގައި ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނުއަސާސީގެ ތިންބާރު ވަކިވެފައި އޮތުމާއި އެއްބާރު އަނެއްބާރަށް ފާރަވެރިވެ ހަރަކާތްތެރިވުމަށްވެސް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މައްސަލަތައް ބަލައި އިދާރާތަކާއި މުއައްސަސާތައް ދިރާސާކޮށް ލަފާދިނުމުގައި އެންމެ އެކަށީގެންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތް ނުކުރެވުމަކީވެސް އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކުރި ކަމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅުން ހުރި ގާނޫނީ ނިޒާމުތައް ހަރުދަނާކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރެއްގެ ދައުރު ހަމަވެ މަޖިލީހުން އެ މެންބަރު އައްޔަން ނުކުރެވި އޮތުމަކީ ދަތިތަކެއް ދިމާވާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމަކީ އީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމުގައިވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

ގާނޫނުއަސާސީގެ ފަސްވަނަ މާއްދާއާއި 70 ވަނަ މާއްދާގެ ދަށުން ގާނޫނުތައް ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން އެ މަޖިލީހުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ނުދިއުމަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި ގާނޫނީ ނިޒާމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމުގައިވެސް އެޗްއާރްސީއެމް އިން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ އެކު، މަޖިލީހުގެ މަސައްކަތްތައް ވަނީ ކުރިޔަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައެވެ. މަޖިލީހުގައި ދާއިމީ ކޮމިޓީތައް އެކުލަވާނުވެލި ކޮމިޓީތައް ހުއްޓުމެއްގައި އޮތްއިރު ދެވަނަ ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ވަނީ ނިންމާލާފައެވެ.

އެޗްއާރްސީއެމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

11 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

08 އޮކްޓޯބަރު 2025
މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

07 އޮކްޓޯބަރު 2025
ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި

06 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު