Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް

އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: މަންތިރި ބަލިކޮށް ހަވަރުން އުންމީދުގައި

މަންތިރި އާއި ހަވަރަށް ވެސް ދެ މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2023 | ބުރާސްފަތި 04:46
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަވަރު ޓީމުގެ ޢިބާ ޢަބްދުﷲ

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަވަރު ޓީމުގެ ޢިބާ ޢަބްދުﷲ

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެން ވޮލީ ބޯޅަ މުބާރާތުގައި މަންތިރި ބަލިކޮށް ހަވަރުން ފައިނަލްގެ އުންމީދު ދަމަހައްޓައިފި އެވެ.

މުބާރާތުގައި ހަވަރުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަސް ސެޓު ކުޅެގެން ގާފިލާ އަތުން ބަލިވެފަ އެވެ. މަންތިރިން ވަނީ ކުޅުނު ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ހަވަރުގެ މައްޗަށް ކުރި ހޯދައިގެން އެއް ވަނައިގައި ހަމަޖެހިލަން މަންތިރި އަށް ފުރުސަތު އޮތެވެ. ނަމަވެސް ހަވަރުން ވަނީ ތިން ސެޓު ދެ ސެޓުން މަތިރީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 25-23 އިން ކާމިޔާބު ކުރީ މަންތިރި އެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް، ބޮޑު ލީޑަކާއެކު ހަވަރުން ވަނީ 15-25 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ތިން ވަނަ ސެޓު 25-21 އިން ހޯދީ މަންތިރި އެވެ. ހަތަރު ވަނަ ސެޓަށް މަންތިރިން ރަނގަޅު ރޫހުގައި ނިކުތް ނަމަވެސް، ހަވަރުން ހަތަރު ވަނަ ސެޓު ހޯދީ ރަނގަޅު ފޯމެއްގައި ކުޅެގެންނެވެ. ހަވަރުން މި ސެޓު ހޯދީ 16 ޕޮއިންޓުގެ ލީޑެއްގައި އޮވެ އެވެ. އެއީ 09-25 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ހަވަރު ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި، 10-15 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަވަރު ޓީމުގެ ޢިބާ ޢަބްދުﷲ އެވެ.

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު، ޕޮއިންޓު ތާވަލްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމަށެވެ. މިހާތަނަށް މަންތިރި އާއި ހަވަރު ޓީމަށް ވެސް ލިބިފައި ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓެވެ. މުބާރާތުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ އިންފިނިޓީ އާއި ގާފިލާ އެވެ. ގާފިލާ ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން އިންފިނިޓީ އަތުން ތިން ޕޮއިންޓު ހޯދައިގެން ތާވަލްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ގާފިލާ އަށް އެބަ އޮތެވެ.

މިއީ އެފްޑީއެސް އިން އެ ޖަމިއްޔާގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެވެ. މިއަހަރުގެ ޢަޟްޙާ އީދާ ދިމާކޮށް، ފިރިހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް 2023އެފްޑީއެސް

އިތުރަށް ކިޔާލަން

26 ޖޫން 2023

އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ހަވަރު ބަލިކޮށް ގާފިލާ އިން ތަށި އުފުލާލައިފި

26 ޖޫން 2023
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ހަވަރު ބަލިކޮށް ގާފިލާ އިން ތަށި އުފުލާލައިފި
24 ޖޫން 2023

އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ސީދާ ތިން ސެޓުން އިންފިނިޓީ ބަލިކޮށް، ހަވަރު ފައިނަލަށް

24 ޖޫން 2023
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ސީދާ ތިން ސެޓުން އިންފިނިޓީ ބަލިކޮށް، ހަވަރު ފައިނަލަށް
22 ޖޫން 2023

އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: އިންފިނިޓީ ބަލިކޮށް ގާފިލާ އެއް ވަނަ އަށް

22 ޖޫން 2023
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: އިންފިނިޓީ ބަލިކޮށް ގާފިލާ އެއް ވަނަ އަށް
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު