Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ ތަފާސްހިސާބު

އޭސީސީން މިއަހަރު ވެސް ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދާދިނުމުގެ މައްސަލަތައް!

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދާދިނުމުގެ 185 މައްސަލަ ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 މެއި 2017 | ހޯމަ 11:16
އެންޓި-ކޮރަޕްޝަން ކޮމިޝަން

އެންޓި-ކޮރަޕްޝަން ކޮމިޝަން

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 185 މައްސަލައެއް ބަލާ ނިންމާފައި ވެއެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 108 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އޭސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement - newsAdvertisement

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައި ވަނީ ގަވާއިދާ ހިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ހިލާފުވުމުގެ 59 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައި ވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 45 މައްސަލައެއް ނިންމާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ އަށް މައްސަލައަކާއި، ދޮގު މައުލޫމާތު ދިނުމުގެ ދެ މައްސަލައަކާއި އަދި ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ މައްސަލައެއްވެސް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު