Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް

އިޓަލީ ބަލިކޮށް އުރުގުއޭ އިން 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

އުރުގުއޭ އިން ފައިނަލް މެޗު ކާމިޔާބު ކުރީ 1-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2023 | ހޯމަ 02:20
20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އުރުގުއޭ އިން މުބާރާތުގެ ތަށި އުފުލާލަނީ

20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އުރުގުއޭ އިން މުބާރާތުގެ ތަށި އުފުލާލަނީ

ވިހި އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އުރުގުއޭ އިން ހޯދައިފި އެވެ.

އުރުގުއޭ އިން މުބާރާތް ކާމިޔާބު ކުރީ އާދިއްތަ ދުވަހު ކުޅުނު ފައިނަލްގައި އިޓަލީގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ވެސް އުރުގުއޭ އިންނެވެ. ލަނޑު ޖެހުމުގެ ކުރިން ވެސް އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އިޓަލީގެ ގޯލަށް އަމާޒުކޮށް އުރުގުއޭ އިން 15 ހަމަލާއެއް ފޮނުވާލިއިރު، އިޓަލީ އަށް އުފެއްދުނީ އެންމެ ތިން ހަމަލާ އެވެ. މެޗުގެ 86 ވަނަ މިނެޓުގައި އުރުގުއޭ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ލޫސިއާނޯ ރޮޑްރިގޭޒް އެވެ. އެއީ އިޓަލީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާޖެންޓީނާގައި ކުރިއަށް ދިޔަ މުބާރާތުގެ ހުރިހާ މަގާމެއް ހޯދީ އިޓަލީންނެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިޓަލީގެ މިޑްފީލަރު ސެސާރޭ ކެސާޑެއީ އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެ ޓީމުގެ ސެބަސްޓިއާނޯ އެވެ. މީގެ އިތުރުން މުބާރާތުގެ ތިން ވަނަ ޓީމަކީ އިސްރާއީލް އެވެ. ހަތަރު ވަނަ ޓީމަކަށް ހޮވުނީ ސައުތު ކޮރެއާ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު