Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއެސްއެމްގެ ދެ ބާޖު ހިފެހެއްޓުން

ބޯޓު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި، އެއްބާރުލުން ނުލިބޭ

9 ޖޫން 2023 | ހުކުރު 06:35

އެރިޓްރިއާގެ ފޮރިން މިނިސްޓަރާއެކު ފޯނުކޯލަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އެދިވަޑައިގެންފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖޫން 2023 | ހުކުރު 06:35
އެފްއެސްއެމްގެ ބާޖެއް

އެފްއެސްއެމްގެ ބާޖެއް

މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ދެ ބޯޓު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ނަމަވެސް އެރިޓްރިއާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ ބޯޓުގައި ތިބި ދިވެހި ފަޅުވެރިން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާއިރު ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި ކަމަށެވެ.

Advertisement - newsAdvertisement

އެފްއެސްއެމް އިން އެރިޓްރިއާއަށް ފޮނުވި ޕަވަރ އޮފް އެޓާނީ ވެސް ޤަބޫލުނުކުރި ކަމަށާއި އޭގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އެރިޓްރިއާގެ ސްޓޭމްޕް އޮންނަން ޖެހޭ ކަމަށް އެ ޤައުމުން ބުނި ކަމަށް ޤަސަމް ވިދާޅުވިއެވެ. ރާއްޖެއިން ސްޓޭމްޕް ޖެހުމަށްފަހު މިހާރު ނިއުދިއްލީގައި ހުރި އެރިޓްރިއާ އެމްބަސީއަށް ޕަވަރ އޮފް އެޓާނީ ފޮނުވިތާ ތިން ދުވަސްވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

ގަސަމް އިތުރަށް ވިދާޅުވީ ބޯޓު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެރިޓްރިއާގެ ފޮރިން މިނިސްޓަރާއެކު ފޯނުކޯލަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ.

މިސްރުން ރާއްޖެއަށް ދަތުރުކުރި ދެ ބޯޓު އެރިޓްރިއާގައި ބަނދަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު، މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ގައުމުގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދާ އެރިޓްރިއާއަށް އެތެރެވި ކަމަށް ބުނެއެވެ. ނަމަވެސް ބޯޓު ބަނދަރުކުރުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރިކަމަށް އެފްއެސްއެމްއިން ވަނީ ބުނެފައެވެ. 

2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ ތެޔޮ އުފުލާ 4 ބޯޓު ބަނުމަށް މިސްރުގެ ކުންފުންޏަކަށް ހަވާލުކޮށްފައެވެ. މީގެ 1 އަހަރު ކުރިން ވަނީ މީގެތެރެއިން 2 ބޯޓު ރާއްޖެ ގެނެސްފައެވެ.

އެރިޓްރިއާގައި ހިފެހެއްޓި 2 ބޯޓަކީ ބާކީ އޮތް 2 ބޯޓެވެ. މި 2 ބޯޓަކީ 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބޯޓުތަކެއްކަމަށް އެފްއެސްއެމްއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ބޯޓެއް ބަނުމަށް ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް