Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

މެސީ އަށް ފަހު ޑިމާރިއާ އާއި ބުސްކެޓްސް ހޯދުމަށް އިންޓަ މިއާމީން މަސައްކަތް ކުރަނީ

މި ދެ ކުޅުންތެރިންނަކީ ވެސް މެސީއާ ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2023 | ބުރާސްފަތި 05:40
ސާޖިއޯ ބުސްކެޓްސް އަދި އެންހެން ޑި މާރިއާ

ސާޖިއޯ ބުސްކެޓްސް އަދި އެންހެން ޑި މާރިއާ

އާޖެންޓީނާގެ އެންހެން ޑި މާރިއާ އާއި ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް ހޯދުމަށް އެމެރިކާ ލީގުގެ އިންޓަ މިއާމީން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އިންޓަ މިއާމީން މި ދެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަން ފެށީ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކުލަބަށް ގެންނާނެކަން ކަށަވަރު ކުރުމަށް ފަހު އެވެ. މިހާރު މެސީ ވަނީ އެ ކުލަބަށް ބަދަލުވާން ނިންމައި, އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ޑި މާރިއާ ވަނީ މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަން ނިންމައިފަ އެވެ. އަނެއްކޮޅުން ބާސެލޯނާގެ ކެޕްޓަން ބުސްކެޓްސް ވެސް ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެހެންކަމުން ހިލޭ އެއްބަސްވުމެއްގެ ދަށުން މި ދެ ކުޅުންތެރިން ހޯދުމަށް މިހާރު އިންޓަ މިއާމީން އިސްކަން ދެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މެސީއާ ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. މެސީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ބުސްކެޓްސްއާ ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ. ބާސެލޯނާ ދޫކޮށްލި ފަހުން ވެސް މެސީ ވަނީ އެކި ފަހަރު މަތިން ބުސްކެޓްސްއާ ބައްދަލުކޮށްފަ އެވެ. އަނެއްކޮޅުން ޤައުމީ ޓީމުގައި މެސީ އާއި ޑި މާރިއާ އަކީ ގާތް ދެ ކުޅުންތެރިންނެވެ.

އިންޓަ މިއާމީން ބުސްކެޓްސް ހޯދުމަށް ޝައުޤުވެރިވީ ނަމަވެސް، މިހާތަނަށް ރަސްމީ ހުށަހެޅުމެއް ފޮނުވައިފައެއް ނުވެ އެވެ. ރަސްމީކޮށް ބުސްކެޓްސް އަށް އޮތީ ސައުދީ ލީގުގެ ހުށަހެޅުމެކެވެ. އަނެއްކޮޅު ޑި މާރިއާ އަށް ވެސް ސައުދީގެ ހުށަހެޅުމެއް ލިބުނު ވާހަކަތައް ވަނީ ފެތުރިފަ އެވެ. އިންޓަ މިއާމީން ޑި މާރިއާ ހޯދުމަށް ބޭނުންވާއިރު، މީގެ ކުރިން އޭނާ ބުނީ މިވަގުތު އިސްކަންދޭނީ ޔޫރަޕުގައި ކުޅުމަށް ކަމަށެވެ. މެސީ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމުމަށްފަހު ވާހަކަ ދައްކަމުން ވަނީ ބުސްކެޓްސްގެ ވާހަކަ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އިންޓަ މިއާމީ އަށް ބަދަލުވުމާ ބުސްކެޓްސްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި ބުސްކެޓްސް ނިންމާނެ ގޮތެއް އޭނާ އަށް ނޭންގޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު