Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދުނިޔޭގެ ތިމާވެށީގެ ދުވަސް

މިއީ ތިމާވެށީގެ ދުވަސް ދުނިޔޭގައި އަދި ރާއްޖޭގައި ފާހަގަކުރަން ފެށުނުތާ 50 އަހަރުވީ ރަންޔޫބީލް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 7 ޖޫން 2023 | ބުދަ 10:16
ދުނިޔޭގެ ތިމާވެށީގެ ދުވަސް 5 ޖޫން 1988 އިން ފެށިގެން މެދުނުކެނޑި ދިވެހިރާއްޖޭގައި ފާހަގަކުރާތާ 35 އަހަރު ވަނީ ވެފައި

ދުނިޔޭގެ ތިމާވެށީގެ ދުވަސް 5 ޖޫން 1988 އިން ފެށިގެން މެދުނުކެނޑި ދިވެހިރާއްޖޭގައި ފާހަގަކުރާތާ 35 އަހަރު ވަނީ ވެފައި

ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މިދުވަސް ދުނިޔޭގައި ފާހަގަކުރަން ފެށުނީ 5 ޖޫން 1973ގައެވެ. ވީމާ، މިއީ 50 އަހަރު ފުރުނު ރަންޔޫބީލު މުނާސަބަތުވެސްމެއެވެ!

ގިނަބަޔަކަށް ނޭނގުނު ކަމުގައިވިޔަސް ދުނިޔޭގެ ތިމާވެށީގެ ދުވަސް ދުނިޔޭގައި ފުރަތަމަ ފާހަގަކުރެވުނު ދުވަހު، ދިވެހިރާއްޖޭގައިވެސް މިދުވަސް ފާހަގަކުރެއްވިއެވެ. މިގޮތުން 5 ޖޫން 1973ގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އދއާއިބެހޭ ބައިން ކަމާބެހޭ ބަޔާނެއް ނެރުއްވިއެވެ. "ޒަމާނާއެކުގައި، ޖީލަކަށްފަހު ޖީލެއް ވާރުތަވަމުން އަންނަ ދެ ބީއަތެއް އިންސާނާގެ ވަށައިގެން ވެއެވެ. އެއް ބީއަތަކީ، ގަސްގަހާގެއްސާއި ޖަނަވާރުތަކާއި ފަސްގަނޑާއި، ކަނޑާއި ވައިގެ މައްޗަށް އެކުލެވިގެންވާ ތަބީއީ ބީއަތެވެ. އަނެއް ބީއަތަކީ، އެމީހަކު ދިރިއުޅޭ ޖަމާއަތާއި، އާދަކާދަތަކާއި، ދިރިއުޅުމުގެ ގޮތްތަކުގެ މައްޗަށް އެކުލެވިގެންވާ އިޖުތިމާއީ ބީއަތެވެ. ފިތުރަތުން އިންސާނާއަށް ލިބިގެންވާ އިލްމުތައް ބޭނުންކޮށްގެން އުފައްދާފައިވާ އިލްމުތަކާއި، ސާމާނާއި، ބިނާތައްވެސް ހިމެނެނީ، ފަހުން މިދެންނެވި ބައިގެ ތެެރޭގައެވެ.

މިދުނިޔޭގައި އިންސާނުން އަދާކުރަންވީ ދައުރު ވަކިގޮތަކަށް ކަނޑައަޅާ، މާޒީއާއި، މިހާރާއި، މުސްތަގުބަލް އެގޮތެއްގެ މަތިން ގުޅުވައި ދެމެހެއްޓުމުގެ ޒަރީއަތަކީ، އިޖުތިމާއީ ބީއަތެވެ. ތަބީއީ ބީއަތަކީ، ބާރު ފޯރަން އޮތް ވަރަކަށް އޭގެ ބޭނުންކޮށްގެން އިންސާނީ ހަޔާތް ކުރިއެރުވުމަށްޓަކައި ލައްވާފައިވާ ބީއަތެވެ. އިންސާނުން އުފެދުނީއްސުރެ އެމީހުންގެ މައިގަނޑު މަސައްކަތެއް ކަމުގައި ވެފައި އޮތީ ދިރިއުޅުން ތަރައްގީ ކުރުމެވެ. އިތުރު ތަނަވަސްކަމާއި، އަރާމާައި، އަމާންކަމާއި، ހިތްފަސޭހަ ހަމަޖެހުމުގެ ހަމަހިމޭންކަމާއި، އީޖާދީ ސިކުނޑިއެއްގެ މިނިވަންކަން ލިބޭނެ މަގުތައް ހޯދުމެވެ. އެނގިތިބެގެން ނުވަތަ ތަގުދީރުގެ ހެޔޮކަމާއެކު ނޭނގިތިބެ ނަމަވެސް، އިސްވެދިޔަ މަގުސަދަށްޓަކައި، ވޭތުވެދިޔަ ޖީލުތަައް ކުރި މަސައްކަތްތަކުގެ ނަތީޖާ، އަޅުގަނޑުމެންނަށް އަދު މިއޮތީ ފެންނާށެވެ." 5 ޖޫން 1973ގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އދއާއިބެހޭ ބައިން ނެރުއްވި ބަޔާނުގައި ވެއެވެ! ދުނިޔޭގެ ތިމާވެށީގެ ދުވަސް 5 ޖޫން 1988 އިން ފެށިގެން މެދުނުކެނޑި ދިވެހިރާއްޖޭގައި ފާހަގަކުރާތާ 35 އަހަރުވީއެވެ! އަދި 1988ގައި ތިމާވެށީގެ މިނިސްޓްރީއެއް އުފެދުނު ފަހުން މެދުނުކެނޑި ތިމާވެށީގެ މިނިސްޓްރީއެއް ހިނގަމުންދާތާ މިއީ 35 ވަނަ އަހަރެވެ!

ދިވެހިރާއްޖެއަކީ، ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، ތިމާވެށީގެ ދާއިރާއިން، ބައިނަލްއަގުވާމީ ގޮތުން އެންމެ ފާހަގަކުރެވޭ ގައުމު ނުވަތަ ގައުމެއް ކަމަށް ވުމީ، ދިވެހިރާއްޖެއަށް ލިބިގެންވާ ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

އިތުރަށް ކިޔާލަން

16 މެއި 2023

"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ

16 މެއި 2023
"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ
24 އެޕްރީލު 2023

މިއަދަކީ ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އަލިމަސްޔޫބީލު ފުރިހަމަވި ދުވަސް!

24 އެޕްރީލު 2023
މިއަދަކީ ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އަލިމަސްޔޫބީލު ފުރިހަމަވި ދުވަސް!
18 އެޕްރީލު 2022

ދިވެހި ބަހުގެ ދުވަސް 2022

18 އެޕްރީލު 2022
ދިވެހި ބަހުގެ ދުވަސް 2022
09 ޑިސެމްބަރު 2021

ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު

09 ޑިސެމްބަރު 2021
ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު
11 ޖުލައި 2021

މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. ވިސްނާންވީ ކަންތައް ބައިވަރެވެ.

11 ޖުލައި 2021
މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. ވިސްނާންވީ ކަންތައް ބައިވަރެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު