Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރު ކޮލަމް

"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ

16 މެއި 2023 | އަންގާރަ 04:53

މީގެ 32 އަހަރުކުރިން ދިވެހިރާއްޖޭގައި ‎1991ވަނަ އަހަރު ފާހަގަކުރެވުނީ ކުޑަކުދިންގެ އަހަރު ކަމުގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 16 މެއި 2023 | އަންގާރަ 04:53
ކުޑަކުދިންގެ އަހަރުގެ ގައުމީ ޖަލްސާ

ކުޑަކުދިންގެ އަހަރުގެ ގައުމީ ޖަލްސާ

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ މީގެ 62 އަހަރުކުރިން ރާއްޖޭގައި މޮންޓެސޫރީ ސްކޫލް (މިހާރު އިސްކަންދަރު ސްކޫލް) 10 މޭ 1961ގައި ހުޅުވުނު ދުވަހަށެވެ. މީގެ 32 އަހަރުކުރިން ދިވެހިރާއްޖޭގައި ‎1991ވަނަ އަހަރު ފާހަގަކުރެވުނީ ކުޑަކުދިންގެ އަހަރު ކަމުގައެވެ. 1991ގައި ކަމާބެހޭ ގައުމީ ހަރަކާތްތަކެއް މުޅިރާއްޖޭގައި ހިންގުނެވެ. ކަމާބެހޭ ގައުމީ ޖަލްސާއެެއްވެސް ބޭއްވިފައިވެއެވެ.

ދިވެހި ދައުލަތުގެ އެންމެމަތީ ވެރިކަން ކުރެއްވި، ތުއަޕުޅު 2 ރަސްކަލުންގެ ވާހަކައެވެ. 6 އަހަރުފުޅުގެ ތުއްޕުޅު ރަދުންގެ ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނާއި، 8 އަހަރުފުޅުގެ ތުއްޕުޅު ރަދުން ސުލްޠާން މުޙައްމަދު ޢިމާދުއްދީން 5 (އާގަނޑުވަރު މަނިއްޕުޅު) މި 2 ރަސްކަލުންނެވެ. 6 އަހަރުފުޅުގައި ރަސްކަމަށް އިސްކުރެވުނު ތުއްޕުޅު ރަދުންގެ ސުލްޠާން ކުޑަ މުޙައްމަދު ރަދުންގެ ރަސްކަން ނިމުނީ އަދި ރަދުން އަވަހާރަވީ އުމުރުފުޅުގައި 10 އަހަރުފުޅުގައެވެ! އުމުރުން 6 އަހަރުން 10 އަހަރަށް މީލާދީން 1687ން 1691ށް ރާއްޖޭގެ ރަސްކަންކުރެއްވި އެންމެ ތުއްޕުޅު ރަދުންނެވެ! 8 އަހަރުފުޅުގެ ތުއްޕުޅު ރަދުން ސުލްޠާން މުޙައްމަދު ޢިމާދުއްދީން 5 (އާގަނޑުވަރު މަނިއްޕުޅު)ގެ ރަސްކަން އަހަރެއްވެސް ނުވެއެވެ! ވީމާ، ރަސްކަން ނިމުނީވެސް ރަދުންގެ ޢުމުރުފުޅުން 8 އަހަރުފުޅުގައެވެ! އެއީ މީގެ 131 އަހަރުކުރިން 1892އެވެ.

ދެން އެހެން ނުކުތާއެއް ފާހަގަކޮށްލުމެވެ! އަންހެނުންގެ ދުވަހު ސުލްޠާނާ ރެހެންދި ޚަދީޖާ މަހާރާނީގެ ވާހަކަދައްކާނަމަ، ކުޑަކުދިންގެ ދުވަހު ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނުގެ ނުދެއްކުމަކީ ދެރަކަމެކެވެ! ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދަލިކުރެއްވި އެންމެ އައުދާނަ މަހާރަދުން އިސްކަންދަރު ރަސްގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުންނެވެ. ސުލްޠާނާ ރެހެންދި ޚަދީޖާ މަހާރާނީގެ 3 ފަހަރު ރަނިކަމަށްވުރެ ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނުގެ ރަަސްކަމުގެ ވާހަކަތައް ޝައުގުވެރިކަން ކުޑައެއް ނޫނެވެ. ތުއްޕުޅު ރަދުން އަވަހާރަވި ހާދިސާވެސް ނުހަނު ހިތާމަވެރިއެވެ! އެއީ ދިވެހިި ތާރީޚުގައި ހިނގި އެންމެބޮޑު އަލިފާނުގެ ހާދިސާއެއް ކަމަށްވެއެވެ! ރަދުންގެ އަރުމާޒުގައި ރޯވެ ތުއްޕުޅު ރަދުންނާއި މަންމާފުޅާއި އަމީރުންނާއި  ވަޒީރުން  އަވަހާރަވުމެވެ. އެއީ މީގެ 332 އަހަރުކުރިން 1691ގައެވެ! ސުލްޠާނާ ރެހެންދި ޚަދީޖާ މަހާރާނީގެ "ކުށް ހުއްޓަސް"ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނުގެ ކުށެއް ނެތެވެ! ވީމާ، ސުލްޠާނާ ރެހެންދި ޚަދީޖާއަށް ނިސްބަތްވާ އަންހެނުންގެ ކަންކަމާއި އެވޯޑުތަކަށްވުރެ ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނަށްނިސްބަތްވާ ކުޑަކުދިންގެ ކަންކަމާއި އެވޯޑުތައް ހުރުން މާއައުލާވެގެންވޭ ނޫންތޯއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2023

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

11 ނޮވެމްބަރު 2023
"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް
03 ނޮވެމްބަރު 2023

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!
06 ސެޕްޓެމްބަރު 2023

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް
28 އޯގަސްޓު 2023

ދައުލަތުގެ ރައީސުންގެ ވާހަކަ

28 އޯގަސްޓު 2023
ދައުލަތުގެ ރައީސުންގެ ވާހަކަ
22 އޯގަސްޓު 2023

ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

22 އޯގަސްޓު 2023
ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު
16 އޯގަސްޓު 2023

ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ

16 އޯގަސްޓު 2023
ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ
08 އޯގަސްޓު 2023

ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީއަށް 15 އަހަރު

08 އޯގަސްޓު 2023
ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީއަށް 15 އަހަރު
02 އޯގަސްޓު 2023

ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 61 އަހަރު

02 އޯގަސްޓު 2023
ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް 61 އަހަރު
24 ޖުލައި 2023

ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

24 ޖުލައި 2023
ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް