Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް

އެންޗެލޯޓީ ގެނައުމަށް ބްރެޒިލުން ރެއާލް މެޑްރިޑާ މަޝްވަރާކުރަނީ

7 ޖޫން 2023 | ބުދަ 08:07

އެންޗެލޯޓީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2024ގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 7 ޖޫން 2023 | ބުދަ 08:07
ރެއާލް މެޑްރިޑްުގެ ކޯޗު ކާލޯ އެންޗެލޯޓީ: އޭނާ ގެނައުމަށް ބްރެޒިލް ބޭނުންވޭ

ރެއާލް މެޑްރިޑްުގެ ކޯޗު ކާލޯ އެންޗެލޯޓީ: އޭނާ ގެނައުމަށް ބްރެޒިލް ބޭނުންވޭ

ރެއާލް މެޑްރިޑުގައި މަޑުކުރަން ނިންމާފައިވާ ކޯޗު ކާލޯ އެންޗެލޯޓީ ބްރެޒިލްގެ ކޯޗަކަށް ގެނައުމުގެ މަސައްކަތް ހުއްޓާނުލައި އޭނާގެ ކުލަބާ މަޝްވަރާކުރަން ބްރެޒިލް ނިންމައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމުގެ ކޯޗުކަން އެންޗެލޯޓީއަށް ދިނުމަށް ހުސްކޮށް ބާއްވާފައި އޮންނަނާ މިހާރު ހަ މަސް ވެއްޖެ އެވެ. މިވަގުތު ޓީމަށް ކޯޗުކޮށްދެމުން އަންނަނީ 20 އަހަރުން ދަށުގެ ކޯޗެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ބުނީ ބްރެޒިލްގެ ގައުމީ ޓީމު މި މަހު ޔޫރަޕުގެ ގައުމުތަކާއެކު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ރެއާލް މެޑްރިޑާ މަޝްވަރާކުރާނެ ކަމަށެވެ.

ބްރެޒިލުން ޖޫން މަހުގެ މެދުތެރޭގައި ސްޕޭނާއެކު މެޗެއް ކުޅޭނެ އެވެ. އެޑްނާލްޑޯ ބުނީ ސްޕޭނަށް ކުރާ ދަތުރަކީ ކޯޗަކަށް އެންޗެލޯޓީ ގެނައުމުގައި މުހިންމު ނިންމުންތަކެއް ނިންމާނެ ދަތުރަކަށްވާނެ ކަމަށެވެ.

ފަސް ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލުން އެންޗެލޯޓީ ކޯޗަށް ގެނައުމަށް މަސައްކަތް ކުރަނީ ވޯލްޑްކަޕް ކާމިޔާބު ނުކުރެވި 20 އަހަރުވުމުންނެވެ. މިހެންވެ މިހާރު އެ ގައުމުން ބޭނުންވަނީ ބްރެޒިލްގެ ކޯޗުންގެ ބަދަލުގައި ޔޫރަޕުގެ ތަޖުރިބާކާރަކާއެކު މަސައްކަތް ކުރުމަށެވެ. އެންޗެލޯޓީ އަކީ ޔޫރަޕުގެ ކުލަބު ލެވެލްގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވެސް ވަނީ ބްރެޒިލްގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ރެއާލް މެޑްރިޑަކީ އޭނާ ކޯޗުކޮށްދޭނެ އެންމެ ފަހު ކުލަބުކަމަށް ވެސް އިއުލާނުކޮށްފަ އެވެ.

އެންޗެލޯޓީ ވަނީ އިޓަލީގެ އޭސީމިލާނާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އާއި ރެއާލް މެޑްރިޑުގައި ގިނަ ތަށިތަކެއް ހޯދާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް