Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމްފެއާރ އެވޯޑް

ފިލްމްފެއާރ އެވޯޑްތައް، ފާޚާނާ ދޮރުގެ މުއްގަނޑަށް!!

ނަސީރުއްދީން ޝާހަށް ތިންފަހަރު ގައުމީ އެވޯޑް، އަދި ތިން ފަހަރު ފިލްމްފެއާރ އެވޯޑް ލިބިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 4 ޖޫން 2023 | އާދީއްތަ 17:48
އިންޑިޔާގެ އެކްޓަރު، ނަސީރުއްދީން ޝާހު

އިންޑިޔާގެ އެކްޓަރު، ނަސީރުއްދީން ޝާހު

އިންޑިޔާގެ މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހުއަށް ލިބުނު ބައެއް ފިލްމްފެއާރ އެވޯޑްތައް އޭނާގެ ގޭގެ ފާޚާނާގެ ދޮރުގެ މުއްގަޑުގެ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ނަސީރުއްދީން ޝާހަކީ ހިންދީ ސިނަމާގައި އެކްޓްކުރުމުގައި ހަރަކާތްތެރިވާތާ ގިނަ އަހަރުތަކެއްވެފައިވާ "ވެޓަރަން" އެކްޓަރަކަށް ވާއިރު، އޭނާއަށް ވަނީ ނެޝަނަލް އެވޯޑާއި ފިލްމްފެއާރ އެވޯޑް ހިމެނޭހެން އެތައް އެވޯޑެއް ލިބިފައެވެ. އަދި ފަހަކަށް އައިސް އޭނާއަކީ ތަފާތު އެއްޗެތި ބުނެގެންވެސް ނޫސްތަކުގެ ހެޑްލައިންތަކަށް އަރާފައިވާ ފަރާތެކެވެ.

ފާޚާނާގެ ދޮރުގެ މުއްގަޑުގެ ގޮތުގައި ފިލްމްފެއާރ އެވޯޑްތައް ބޭނުންކޮށްފައިވާކަމަށް ލިބޭ ޚަބަރުތަކާ ގުޅޭގޮތުން އިންޑިޔާގެ ނިއުސް ޕޯޓަލަކުން ސުވާލުކުރުމުން، ހިނިގަނޑެއް ޖަހައިލުމަށްފަހު، އެކަން ޔަގީންކޮށްދިން ކަމަށް ވެއެވެ. އޭނާބުނީ، އެވޯޑްތައް ލިބެންފެށިތާ ކުރީކޮޅު، އެވޯޑެއް ލިބުމުން ވަރަށް އުފާވާކަމަށާއި، އެއީ ވަރަށް ބޮޑު ފަޚުރެއްކަމަށް ދެކެމުންއައިކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ އެވޯޑްތަކަކީވެސް ލޮބީކޮށްގެން ލިބޭ އެއްޗެއްކަން އެނގުނުކަމަށާއި، އޭގެފަހުން އެއަށް ދެވުނު ގަދަރާއި އިއްޒަތް ފަނޑުވިކަމަށެވެ. ނަސީރުއްދީން ބުނީ އެއަށްފަހު އޭނާ ފާރމް ހައުސްއެއް އެޅިއިރު ފާޚާނާ ދޮރުގެ މުއްގަނޑުގެގޮތުގައި ބައެއް އެވޯޑްތައް ބޭނުންކުރި ކަމަށެވެ. މިހާރު އޭނާގެ ގޭގެ ފާޚާނާއަށް ވަތް ކޮންމެ މީހަކަށްވެސް ދެ އެވޯޑް ލިބޭނެކަމަށް އޭނާ މަޖަލަކަށް ބުނެފައިވެއެވެ.

ނަސީރުއްދީން ޝާހަށް ތިން ފަހަރު ގައުމީ އެވޯޑް، އަދި ތިން ފަހަރު ފިލްމްފެއާރ އެވޯޑް ލިބިފައިވެއެވެ. އަދި އެންމެ ފަހުން އެވޯޑް ލިބުނު ދެ ފަހަރު، ބަލައި ނުވެސް ދާކަމަށް ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި ފިލްމެއްގައި ވަކި ރޯލެއް ދައްކައިދިނުމަށް ބުރަ މަސައްކަތްކޮށް ވަގުތުތައް ދޭ ކޮންމެ މީހަކީވެސް މޮޅު އެކްޓަރެކެވެ. ނަމަވެސް އޭގެތެރެއިން ވަކި ބަޔަކު ހޮވާލާފައި ނަގައި، ބެސްޓް އެކްޓަރ އޮފްދަ އިޔަރ އެވޯޑް ދިނުމަކީ އިންސާފެއް ނޫނެވެ.  

އިންޑިޔާގައި މުސްލިމުންނަށް ނަފްރަތުކުރުން މިހާރު "ފެޝަނަބަލް" ކަމަކަށް ވެފައިވާކަމަށާއި، ތައުލީމީ، ތަންދޮރު ދަންނަ މީހުންވެސް މިކަން ކުރަމުންދާކަން ފާހަގަކޮށް އޭނާ ބުނީ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2024

ޚިޔާލު ފާޅުކުރުމުގެ އެންމެ މިނިވަން ޕްލެޓްފޯމަކީ ޢާންމު ފާޚާނާއެއްތަ؟

28 ޖެނުއަރީ 2024
ޚިޔާލު ފާޅުކުރުމުގެ އެންމެ މިނިވަން ޕްލެޓްފޯމަކީ ޢާންމު ފާޚާނާއެއްތަ؟
13 ނޮވެމްބަރު 2023

ފާޚާނާ ތައްޓެއްހެން އޮތަސް، ކާރު ވާނީ ކާރަކަށެވެ!

13 ނޮވެމްބަރު 2023
ފާޚާނާ ތައްޓެއްހެން އޮތަސް، ކާރު ވާނީ ކާރަކަށެވެ!
08 މެއި 2023

ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ފާޚާނާއެއްގަ ފެންވާރާލުން: ތަޖުރިބާ ކޮށްލަން ކެރޭނެތަ؟

08 މެއި 2023
ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ފާޚާނާއެއްގަ ފެންވާރާލުން: ތަޖުރިބާ ކޮށްލަން ކެރޭނެތަ؟
31 ޑިސެމްބަރު 2021

ދަތުރުމަތީގައި ކޮވިޑަށް ޕޮޒިޓިވްވުމުން ފްލައިޓުގެ ފާޚާނާ ތެރޭގައި ފަސްގަޑިއިރު

31 ޑިސެމްބަރު 2021
ދަތުރުމަތީގައި ކޮވިޑަށް ޕޮޒިޓިވްވުމުން ފްލައިޓުގެ ފާޚާނާ ތެރޭގައި ފަސްގަޑިއިރު
04 މާރިޗު 2021

އަޖައިބެއް ކަހަލަ ލީޑަރުން ތަކެކެވެ. ފާޚާނާކުރާކަށް ވެސް ނުޖެހެއެވެ.

04 މާރިޗު 2021
އަޖައިބެއް ކަހަލަ ލީޑަރުން ތަކެކެވެ. ފާޚާނާކުރާކަށް ވެސް ނުޖެހެއެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު