Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ ވަހީދު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

އޭނާ އަކީ ލަންޑަން ޑިސްޓްރިކްޓް ލީގުގެ މި އަހަރުގެ ޗެމްޕިއަން ކޯޗު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 31 މެއި 2023 | ބުދަ 11:24
އަލީ ވަހީދު: ޑިސްޓްރިކްޓް ލީގުގެ އެންމެ މޮޅު ކޯޗަކީ އޭނާ

އަލީ ވަހީދު: ޑިސްޓްރިކްޓް ލީގުގެ އެންމެ މޮޅު ކޯޗަކީ އޭނާ

އިނގިރޭސި އެފްއޭއިން ހޮވާ ސީޒަން އެވޯޑްތަކުގެ ތެރެއިން ސައުތް ލަންޑަނުގެ އެންމެ މޮޅު ކޯޗަކަށް ސްޕޯޓިން ލަންޑަނަށް ކޯޗުކޮށްދެމުން އަންނަ ރާއްޖޭގެ އަލީ ވަހީދު (ބަލަކް) ހޮވައިފި އެވެ.

އޭނާ އަކީ އިނގިރޭސިވިލާތުގެ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕުގެ މި އަހަރުގެ ޗެމްޕިއަން ކޯޗެވެ. މި ތަށި އޭނާ ކާމިޔާބުކުރީ ފައިނަލް މެޗުގައި ލަންޑަނުގެ ގަދަ ޓީމެއް ކަމަށްވާ ރޭންސްޕާކް 1-0އިން ބަލިކޮށްގެންނެވެ. އޭނާ އަކީ އެންމެ މޮޅު ކޯޗުކަން އިއުލާނުކުރަމުން ޑިސްޓްރިކްޓް ލީގުން ބުނީ އަލީ ވަހީދަކީ މޮޅު ކޯޗެއް އަދި ކުރިއަރަމުން އަންނަ ފަރާތެއް ކަމަށެވެ.

އެވޯޑް ލިބުމުން އަލީ ވަހީދު މިއަދު ބުނީ ފުޓްބޯޅައިގައި ދިވެހިން ދާނީ ކުރިއަށް ކަމަށެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ނިމުމާއެކު ކޮންމެ އަހަރަކު ވެސް މޮޅު ކުޅުންތެރިންނާއި ކޯޗުން ހޮވައި އިނާމް ދިނުމަކީ އަބަދުވެސް ކުރަމުންއަންނަ ކަމެކެވެ.

އަދި ލަންޑަން ޑިސްޓްރިކްޓް ލީގުގެ ތަށި ހޯދުމަކީ ދިވެއްސަކު ބައިނަލް އަގްވާމީ ފުޓްބޯޅަ ކޯޗް ކޮށް ދިނުމުގައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އަލީ ވަހީދަކީ ކޯޗިން އަށް ވަރަށް ޒުވާން އެކަމަކު ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ. ރާއްޖޭގައި ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބިފައިނެތި އޭނާ މިހާތަނަށް ކޯޗުކޮށްދެމުން ދިޔައީ އިނގިރޭސިވިލާތުގަ އެވެ. 2015 ވަނަ އަހަރުން ފެށިގެން 2018ގެފަހުކޮޅާ ހަމައަށް އަދި 2020 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ބަލަކްގެ އަތުގައި އިނގިރޭސި ކޯޗިން ލައިސަންސްގެ ލެވެލް 2ގެ ފާސް އެބައޮތެވެ.

ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ތައްޓެއް ހާސިލްކުރެވުނުއިރު މިހާތަނަށް އޭނާގެ ޓީމު ވަނީ ތިން ފައިނަލްގައި ކުޅެފަ އެވެ. މީގެ ކުރިން ކުޅުނީ ވިމްބަލްޑަން ކަޕާއި ގްރެންފެލް މެމޯރިއަލް ކަޕްގެ ފައިނަލްގަ އެވެ. މީގެ ތެރެއިން ފުރަތަމަ ފައިނަލްގައި އޭނާގެ ޓީމު ބަލިވީ 5-0ގެބޮޑު ތަފާތަކުންނެވެ.

ބަލަކް އަކީ އޭނާގެ މަދުރަސީ ހަޔާތުގައި މޮޅު ޑިފެންޑަރެކެވެ. ޖަމާލުއްދީން ސްކޫލުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. އޭގެ ފަހުން ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނެވެ. އެކަމަކު މަތީ ތައުލީމަށް ރާއްޖޭން ބޭރަށް ދާން ޖެހުމުން ސީނިއާ ގައުމީ ޓީމް އަށް ނުފޯރި އެވެ. އެހިތިކަން އޭނާ ފިލުވާލީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމުންނެވެ. ސާފް ޗެމްޕިއަންޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ މުބާރާތްތަކުގައި މެނޭޖަރުކަން ކުރުމަށްފަހު، ބަލަކް ކުލަބު ފުޓްބޯޅަ އަށް އެނބުރިގަތީ ރާއްޖޭގެ އެންމެ ވިދުންގަދަ ކުލަބު ނިއުރޭޑިއަންޓްގެ ޗެއާމަންގެ ގޮތުގަ އެވެ. 2012 ވަނަ އަހަރު ފެށިގެން ޖެހިގެން އައި ހަތަރު އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުގެ މަގާމަށް ނިއުރޭޑިއަންޓް ވާސިލްވީ ބަލަކްގެ ވަރަށް ބޮޑު ގުރުބާނީތަކަކާއެކުގަ އެވެ. ގައުމީ ތަށި މިލްކުކޮށް ދިވެހި ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ނިއުރޭޑިއަންޓަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދިނެވެ.

ގަދަ ޕޮލިޓީޝަނެއްގެ ގޮތުގައި ވެސް މަޝްހޫރުކަން ހޯދި، ބަލަކް މިހާރު ފަށާފައިމިވަނީ ފުޓްބޯޅައިގެ މުޅިން އައު ސޮފުހާއެކެވެ. ކޯޗެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުހަށް ޒަމާނީ ފޯމިއުލާއަކާއެކު ވާސިލްވުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެކެވެ. ސްޕޯޓިން ލަންޑަނުން މިފެށި ދަތުރު އަދި އޮތީ ކުރިއަށެވެ. އަމުދުން ތާރީހީ މިކާމިޔާބީއާއެކު އޭނާއަށް ދިވެހި ފުޓްބޯޅައިގައި އޮތް "އިތުބާރު" ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު