Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ސާފިން ގޭމްސް

ގައުމީ ސާފިން ޓީމު ވާދަކުރާ ވޯލްޑް ސާފިން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވި ދެވަނަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 31 މެއި 2023 | ބުދަ 08:57
ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް

ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް

އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) އިން ބާއްވާ ވޯލްޑް ސާފިން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސާފިން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ. މި މުބާރާތް ކުރިޔަށް ދިއުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 31 ން ޖޫން 7 ގެ ނިޔަލަށެވެ.

އެލް ސަލްވަޑޯގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި ހިމެނެނީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި އަހުމަދު އާގިލް (އަންމަޑޭ) އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ. ޓީމުގެ ކޯޗަކީ ކްލައިޑް މާޓިންއެވެ. ގައުމީ ޓީމާއެކު ސާފިން އެސޯސިއޭޝަންގެ ރައީސް ޝާހިދު އަމީން (ޝާޑް) ވެސް މިވަގުތު ހުރީ އެލް ސަލްވަޑޯގައެވެ.

ކޮންމެ ގައުމަކުން ފިރިހެން ތިން އެތުލީޓުން އަދި އަންހެން ތިން އެތުލީޓުން ބައިވެރިކުރެވޭ މި މުބާރާތުގައި ރާއްޖެއިން ބައިވެފައިވަނީ ތިން ފިރިހެން އެތުލީޓުންނެވެ. 64 ގައުމަކުން ބައިވެރިވި މި މުބާރާތުގައި 164 ފިރިހެން އެތުލީޓުންނާއި 130 އަންހެން އެތުލީޓުން ވަނީ ބައިވެރިވެފައިވެއެވެ.

މުބާރާތުގެ ފުރަތަމަ ރައުންޑުގެ 11 ވަނަ ހީޓުގައި ރާއްޖޭގެ އަންމަޑޭ ވާދަކުރާނީ މެކްސިކޯގެ ސަބަސްޓިއަން ހަނާންޑެޒް އާއި ނެދަލެންޑުގެ ކެސްޕާ ހަމިންގާގެ އިތުރުން އިންޑިއާގެ ސިވަރާޖް ބާބޫ އާއެވެ. 39 ވަނަ ހީޓުގައި ހޫދު އާއެކު ވާދަކުރާނީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑުގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީއެވެ. ފުރަތަމަ ރައުންޑުގައި ރާއްޖޭގެ އެންމެ ފަހު ބައިވެރިޔަކީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. 43 ވަނަ ހީޓުގައި އޭނާ ބައްދަލުކުރާނީ މެކްސިކޯގެ އެލަން ކްލީލެންޑް އާއި ނެދަލެންޑުގެ ބޭރިކް ޑި ވްރީސް އަދި އިންޑިއާގެ ރަމޭޝްއާއެވެ.

މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވި ދެވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެ ބައިވެރިވެފައިވަނީ 2019 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު