Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

‎އެންމެން ހަމަހަމަ، ‎އެންމެންނަކީވެސް މިޒަމާނުގައި ބޭފުޅުން

ދަރަޖަތަކުގެ ތެރެއިން ލައްބަދުރުވުމުގެ ދަރަޖައަކީ މިއަދު ބޭނުން ދަރަޖައެއް ނޫން

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 09:51
ޖުމްހޫރީ މައިދާނުގައި ދެ އަންހެނަކު އިށީނދެލައިގެން

ޖުމްހޫރީ މައިދާނުގައި ދެ އަންހެނަކު އިށީނދެލައިގެން

ހަސަބާއި ނަސަބުން ތަފާތުކުރުމަކީ ދުނިޔޭގައި އޮތް ކަމެކެވެ. މި ގޮތުން މި ރަށުގައި ވެސް މިކަން އޮތެވެ. މިކަން ނިމުމުގެ ފެށުމަކީ މީގެ 55 އަހަރު ކުރިން މި ޖުމްހޫރިއްޔަތު ފެށުމެވެ. އެ ފެށުނު ފެށުން މިއަދު މިވަނީ ފުރިހަމަވެފައެވެ. ވަކި ނަސްލަކުން ނަސަބަކުން އަޔަތީ ވަކި ކަންކަމެއް ލިބުން ޚާއްސަވެގެން ނުވުމެވެ.

ދިވެހިރާއްޖޭގެ ނަސްލީ އިމްތިޔާޒުގެ މިސާލަކަށް އެންމެ ފަހުން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގެ މިސާލެއް ފާހަގަކޮށްލަމާތޯއެވެ!

ހުރަވީންގެ ވެރިކަމުގެ ދުވަސްވަރު، ސުލްތާން ޣިޔާސުއްދީން ރަދުންގެ ރަސްކަން އިންގިލާބުކޮށް ހުރަވީން ވެރިކަން ފެށިހިސާބުން، ރައީސް މުޙައްމަދު އަމީނުލް ހުރަވީގެ ޖުމްހޫރިއްޔާ ނިމުމާއި ހަމަޔަށް..(1767 - 1953).

200 ވަރަކަށް އަހަރުގައި ދިވެހިރާއްޖޭގެ މީސްތަކުން ދަރަޖަ ކުރި ގޮތް ތިރީގައި އެވަނީއެވެ.

އާދެވަޑައިގަތުން

ހުރަވީ ރަސްދަރިކޮޅު، ދިޔަމިގިލި ރަސްދަރިކޮޅު، ކިލެގެއިންގެ ދަރިކޮޅު މިގޮތަށެވެ.

ލައްބަދުރުވުން

ހުރަވީ ރަސްދަރިކޮޅާއި، ދިޔަމިގިލި ރަސްދަރިކޮޅު ނޫން އެހެނިހެން ރަސްދަރިކޮޅުތައް (ހިލާލީ / އިސްދޫ)، ފަނޑިޔާރު ބޭކަލުން އަދި ދަންނަބޭކަލުންގެ ދަރިކޮޅުތައް، ތަކުރު، މަނިކު / މަނިކެ، ތުއްތު ފުޅު އެވެ.

މިނަންނަމުން މުޚާތަބުކުރެވޭ ބޭކަލުން / ކަނބަލުން އަދި ދަރިކޮޅުތަކެވެ. ރަށްރަށުގެ ވެރިންގެ ދަރިކޮޅުތަކެވެ.

އާނހޫން

ބޭފުޅުން ބޭކަލުން ކަނބަލުން ނޫން އެންމެން، އާންމު މީސްތަކުން މިއެވެ.

މީގެ 70 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ރަސްކަމުގެ ޒަމާނެކޭ އެއްފަދައިން ނަސްލީ އިމްތިޔާޒު އޮތެވެ. އޭގެ މިސާލެވެ!

މަތީ މަގާމަކުން ބޭފުޅަކަށް ނުވާކަމުގެ މިސާލު:

1953 ފުރަތަމަ ޖުމްހޫރިއްޔާ ރައްޔިތުންގެ (Parliament) ގެ ރައީސް ދުރުވުން ނައިބު ރައީސް ވަޑައިގަތުން މަޖިލީހުގެ ރައީސް ދުރުވުމުގެ ސަބަބަކީ ބޭފުޅަކަށް ނުވުމެވެ! ނައިބު ރައީސް ވަޑައިގަންނަވަނީ ބޭފުޅަކަށް ވާތީއެވެ.! ނަން ނުލިޔެވެސް ރަސްމީ ލިޔުންތަކުގައި ހުރީ ރައީސް ދުރުވުމެވެ.! ނައިބު ރައީސް ވަޑައިގަތުމެވެ.! ރައީސަކީ އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނެވެ. ނައިބު ރައީސަކީ އަންނަބީލު ޙަސަން ޢަލީ ދީދީއެވެ، މި ޖުމްހޫރިއްޔަތު ފެށުނުއިރު ދީނާއި ދުނިޔޭގެ ކަންކަމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިގެން އައެވެ.

އާންމު ރައްޔިތުން މިސްކިތުގެ ކުރީ ސަފަށް ސަވާބު ބޮޑު ސަފަށް އެރުމުގެ މިނިވަންކަން، އާންމު ރައްޔިތުން ފަޔަށް ކަށިހެރުމުން ސަލާމަތްވުމަށް ފައިވާނަށް އެރުމުގެ މިނިވަންކަން އާންމުރައްޔިތުން އަތްވާއި ވާރެއިންހިޔާވުމަށް ހިޔާވުމަށް ކުޑަނެގުމުގެ މިނިވަންކަން މި ފަދަ މިނިވަންކަމެވެ.!! ދިވެހި އާންމު ރައްޔިތުން އެއިގެ ކުރިން މިކަންކަމުގެ މިނިވަންކަމެއް އާންމުކޮށް ލިބިގެން ނުވެއެވެ. ވީމާ، ދިވެހި ބަހުގެ ދަރަޖަތަކުގެ ތެރެއިން ލައްބަދުރުވުމުގެ ދަރަޖައަކީ މިއަދު ބޭނުން ދަރަޖައެއް ނޫނެވެ.! އާދެވަޑައިގަތުމުގެ ދަރަޖަ އެންމެންނަށް ރިވެތި ބަހުން ވާހަކަދެއްކުމުގައި ބޭނުންކުރުން މުހިންމެވެ.!

އާންމު ބަހުރުވައިން އާނހޫނއެވެ. ލައްބަދުރުވުމުގެ ދަރަޖަ ބޭނުންކުރުމަކީ ތަފާކުރުމެއް ނޫންތޯއެވެ.!

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ

"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ

16 މެއި 2023
ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

14 ނޮވެމްބަރު 2022
މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމުގައި މިޒަމާނުގައި އެންމެ މުހިންމީ ހަރުދަނާ ޚާރިޖީ ސިޔާސަތު

މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމުގައި މިޒަމާނުގައި އެންމެ މުހިންމީ ހަރުދަނާ ޚާރިޖީ ސިޔާސަތު

06 ނޮވެމްބަރު 2022
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

08 ޖުލައި 2021

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު