Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމުގައި މިޒަމާނުގައި އެންމެ މުހިންމީ ހަރުދަނާ ޚާރިޖީ ސިޔާސަތު

މީގެ 34 އަހަރުކުރީގެ އުދުވާނީ ހަމަލާ މިހާރުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ނުވަތަ 3 ލައްކަ 70 ހާސް ޒުވާނުންނަށް ފެނިފައިނުވޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 08:46
ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ހެޑް ކުއަރޓާޒް

ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ހެޑް ކުއަރޓާޒް

އަދުގެ ދުނިޔޭގައި ގައުމުތަކުގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިވުން، އެންމެ ބޮޑަށް ބިނާވެފައި ވަނީ، އަސްކަރިއްޔާއަށްވުރެ ބޮޑަށް ޚާރިޖިއްޔާގެ މައްޗަށެވެ. އެ ގައުމަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށެވެ.

ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދުނިޔެއާއި އެ ގައުމަކާއި އޮންނަ ގުޅުންތަކުގެ މައްޗަށެވެ. އަދި އެ ގައުމެއްގެ ބައިނަލްއަގުވާމީ ވިޔަފާރި އާއި އިގުތިސާދީ ކަންކަމަކީ ވެސް އެ ގައުމެއްގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

މި ޒަމާނުގެ ދުނިޔޭގައި މައުލޫމާތާއި ޓެކުނޯލޮޖީގެ ވަސީލަތްތައް ވެސް ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރަށް އަދާކުރެއެވެ. މިކަންކަމަކީ، ނުބައިގޮތުގައި އެކަންކަމުގެ މުއާމަލާތްތައް ކުރެވިއްޖެ ނަމަ، އޭގެ ނުރަނގަޅު އަސަރު މުޅި ގައުމަށް ކޮށްފާނެފަދަ ކަންކަމެވެ. މީގެ 57 އަހަރުކުރިން 1965ގައި ރާއްޖެ މިނިވަންވީއިރު ރާއްޖޭގެ އާބާދީ 1 ލައްކަ ހަމަނުވެއެވެ.

މީގެ 34 އަހަރުކުރިން 1988ނޮވެންބަރު 3ގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު، ރާއްޖޭގެ އާބާދީ 2 ލައްކަ ހަމަނުވެއެވެ. މިހާރު ރާއްޖޭގެ އާބާދީ 562,700 ފަސްލައްކަ ފަސްދޮޅޮސް ދެހާހަށްވުރެ އިތުރެވެ. ވީމާ 34 އަހަރުގެ ތެރޭގައި އާބާދީ ދެ ގުނައަށްވުރެ އިތުރުވުމެވެ. އާބާދީ ދެބައިކުޅަ އެއްބަަޔަށްވުރެ ވެސް ޒުވާނުން ގިނަވުމެވެ. ވީމާ، 370,000 ތިންލައްކަ ހަތްދިހަހާހަށްވުރެ ގިނަ ދިވެހި ޒުވާނުންނަށް، 3 ނޮވެންބަރު 1988 ފެނިފައި ނުވެއެވެ. 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާ އަށް 34 އަހަރުވީއެވެ. މި އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 ބޭކަލުންނެވެ. ދިވެހި ގައުމާއި ރައްޔިތުންނަށް މާއްދީ އަދި މައުނަވީ ނުހަނު ބޮޑެތި ގިނަގުނަ ގެއްލުންތައް ލިބުނެވެ. ނަފުސާނީ ގޮތުން ވެސް ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ގިނަގުނައެވެ.

ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުން އަރާފައި އެދުވަހު 18 ވަރަކަށް ގަޑިއިރުވިއެވެ. މިއުދުވާނީ ހަމަލާ އިން ދިވެހި ގައުމަށް ނަސްރު ލިބުނީ، ދިވެހި ސިފައިންގެ ހިތްވަރުގަދަ ގައުމީ ޖިހާދާއި ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުންނެވެ. އެކުވެރި އިންޑިޔާގެ އަސްކަރީ އެހީ އާ ވެސް އެކުގައެވެ. 3 ނޮވެންބަރު 1989 އިން ފެށިގެން 3 ނޮވެންބަރު މި ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ކަމުގައެވެ. ވީމާ، ނަސްރުގެ ދުވަސް ފާހަގަކުރާތާ 33 އަހަރުވީއެވެ. 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށްފަހު، ދިވެހި ގައުމު، ސިޔާސީ، ޚާރިޖީ އަދި އަސްކަރީ ގޮތުން އަލުން މިވަނީ އާރާސްތު ކުރެވިފައެވެ. ޚާރިޖީގޮތުން ބަލާއިރު، ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ރާއްޖެ އިން ހުށަހެޅި ގަރާރުތަކެއް އ.ދ. މަޖިލީހުން ވަނީ ފާސްވެފައެވެ. އަދި ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް ހަރުދަނާ ބަދަލުތަކާއި ބޮޑެތި ކުރިއެރުން ގެނެވުނެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ (1988)

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ

މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ

02 ނޮވެމްބަރު 2024
‎އެންމެން ހަމަހަމަ، ‎އެންމެންނަކީވެސް މިޒަމާނުގައި ބޭފުޅުން

‎އެންމެން ހަމަހަމަ، ‎އެންމެންނަކީވެސް މިޒަމާނުގައި ބޭފުޅުން

29 މެއި 2023
ގޮނޑި ބަދަލުވުމުން 7 އަހަރުން ނުވި ކަންތައް 7 ދުވަހުން!

ގޮނޑި ބަދަލުވުމުން 7 އަހަރުން ނުވި ކަންތައް 7 ދުވަހުން!

08 ނޮވެމްބަރު 2021
ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

08 ޖުލައި 2021

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު