Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި ބިލާއި ކަރަންޓު ބިލް އެއްކުރުން

ބިލް ޓައި ކުރުމާއެކު ސްޓެލްކޯއަށް މަހެއްގެ މައްޗަށް 125،000 ރުފިޔާ!

ސްޓެލްކޯއިން ކޮންމެ ބިލަކުން 2.50 ރުފިޔާގެ އިދާރީ ފީއެއް ނަގާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2023 | އާދީއްތަ 13:42
ބިލް ޓައިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ބިލް ޓައިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ވެމްކޯއިން ދޭ ކުނީގެ ޚިދުމަތުގެ ބިލް ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމެނުމާއެކު ސްޓެލްކޯއިން ކޮންމެ ބިލަކުން 2.50 ރުފިޔާ، އިދާރީ ފީއެއްގެ ގޮތުގައި ނަގާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބިލް ޓައިކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއި ވެމްކޯއާ ދެމެދު ސޮއިކޮށްފައިވަނީ އާދީއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ ވެމްކޯގެ ބިލުގެ ޓެރިފް ކަލެކްޓު ކުރެވުމާއެކު އިދާރީގޮތުން ކުރަންޖެހޭ ބައެއް ކަންކަން ހުންނާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ބިލަށްވާ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ވެމްކޯއާ ހަވާލުކުރަންޖެހޭ ކަމަށާއި، މިފަދަ ބައެއް މަސައްކަތްތައް ހުރިކަން ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަށް ކޮންމެ ބިލަކުން 2.50 ރުފިޔާ، އިދާރީ ފީއެއްގެ ގޮތުގައި ނަގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެމްކޯގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވަނީ، މި ބަދަލާއެކު މާލެ ސަރަހައްދުން 50،000 އަށްވުރެ ގިނަ ގޭބީސީން ކުނި ނެގުމުގެ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު ވެމްކޯއަށް މަހެެއްގެ މައްޗަށް 7.5 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެއެވެ. އަދި ސްޓެލްކޯއިން ކޮންމެ ބިލަކަށް ނަގާ 2.50 ރުފިޔާގެ އިދާރީ ފީއިން އެކުންފުންޏަށް 125،000 ރުފިޔާ މަހެއްގެ މައްޗަށް ލިބޭނެއެވެ.

ވެމްކޯގެ ބިލް ކަރަންޓު ބިލުގެ ތެރޭގައި ހިމެނިގެންދިއުމާއެކު ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ގޭބީސީއެއް ވަނީ ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވެފައެވެ. މިހާރު ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވަނީ 24،000 ގޭބީސީއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު