Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި ބިލާއި ކަރަންޓު ބިލް އެއްކުރުން

ކުނި ބިލު، ކަރަންޓު ބިލުގެތެރޭގައި ހިމެނުމަށް އެއްބަސްވެއްޖެ

28 މެއި 2023 | އާދީއްތަ 13:26

ސްޓެލްކޯއިން އެންމެ އަވަހަށް ފޮނުވާ ބިލުގައި ކުނި ބިލު ހިމެނޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2023 | އާދީއްތަ 13:26
ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ވެމްކޯއިން މާލެ ސަރަހައްދުގައި ދޭ ޚިދުމަތުގެ ބިލު ސްޓެލްކޯއިން ފޮނުވާ ކަރަންޓު ބިލުގެ ތެރޭގައި ހިމެނުމަށް ވެމްކޯއާ ސްޓެލްކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިިކޮށްފައިވަނީ އާދީއްތަ ދުވަހު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ސްޓެލްކޯއިން އެންމެ އަވަހަށް ފޮނުވާ ބިލުގައި ކުނި ބިލު ހިމެނޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، މި ނިންމުމާ ހަމައަށް އާދެވިފައިވަނީ އެންވަޔަރަންމެންޓް މިނިސްޓްރީއާއި، ކަމާގުޅޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ. އަދި މިކަމުގެ އެއްބަސްވުމާ ހަމައަށް އާދެވިފައިވާއިރު، ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ރަޖިސްޓްރީކުރުމާއި، ބިލުކުރުމާބެހޭ ގަވާއިދުވެސް އާދީއްތަ ދުވަހު ވަނީ ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ފަށާފައެވެ.

ޝަރީފް ވިދާޅުވީ މިއާއެކު ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތެއް ވާނީ ކުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރެވިފައި ކަމަށެވެ. އަދި ކުނި ނުއުފައްދާ މީޓަރެއް ވާނަމަ އެކަން އެންގުމަށް އެދިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިރާޖު ވިދާޅުވީ، ވެމްކޯ ބިލު ކަރަންޓު ބިލުގެ ތެރޭގައި ހިމެނިގެންދިއުމަކީ ވަރަށް ގިނަ ފަސޭހަތަކެއް ވާނެ ކަމެއް ކަމަށެވެ. އަދި އެކި ސަބަބުތަކާހެދި ކަރަންޓު ބިލުގައި ކުނި ބިލު ހިމަނަން ބޭނުންނުވާނަމަ އެކްސްލޫޝަން ފޯމެއްް ލެވޭނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ކުރިއަށްއޮތްތަނުގައިވެސް ކުނި ނަގަމުންދާނީ ގޭގޭގެ ދޮރުމަތިން ކަމަށެވެ. އަދި ކުނި ބޭރަށް ނެރެފައި ނުބެހެއްޓުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.

ބިލް ޓައިކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެންދިޔައިރު ވެމްކޯއިން ބުނަމުންދިޔައީ 01 އޭޕްރީލް 2023ން ފެށިގެން ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް ގިނަ މަޝްވަރާތަކަކަށްފަހުގައި ބިލު އެއްކޮށްލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ދެ މަސް ފަހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް