Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ލީގު

ލީގުގެ ފަހު މެޗުގައި ޑޯޓްމަންޑަށް ހިތްދަތިކަން، ޗެމްޕިއަންކަން އަނެއްކާވެސް ބަޔާން އަށް

ފަހު މެޗު ފެށިއިރު އެއްވަނައިގައި އޮތީ ޑޯޓްމަންޑް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 28 މެއި 2023 | އާދީއްތަ 02:14
ބަޔާން އިން ލީގު ކާމިޔާބުކޮށް އުފާ ފާޅުކުރުމުގެ ތެރެއިން

ބަޔާން އިން ލީގު ކާމިޔާބުކޮށް އުފާ ފާޅުކުރުމުގެ ތެރެއިން

ޖަރުމަނު ލީގު އެންމެ ފަހު މެޗުގައި މެއިންޒް އިން ޑޯޓްމަންޑް ރޮއްވާލިއިރު، ފަހުވަގުތުގައި މޮޅުވެ ބަޔާން އަނެއްކާވެސް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

ލީގުގެ ފަހު މެޗާހަމައަށް ދިޔަ އިރު، ދެ ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައިގައި އޮތީ ޑޯޓްމަންޑެވެ. ޖެހިޖެހިގެން 10 ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ބަޔާން އޮތީ ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ނަމަވެސް، މެއިންޒް ކައިރިން ޑޯޓްމަންޑް އެއްވަރުވެ، ބަޔާން ފަހުވަގުތު ކޮލޯން ކައިރިން މޮޅުވުމުން، ޕޮއިންޓު ގޮތުން ދެ ޓީމު އެއްވަރުވެ ފައިދާ ގޯލުން ބަޔާން ވަނީ ކުރިހޯދާފައެވެ.

ކޮލޯން އާ ބައްދަލުކުރި މެޗުގެ ކުރީކޮޅު ބަޔާން އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި އެ ލަނޑު ބަޔާން އަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. ފުރަތަމަ ހާފު ނިމުނުއިރު ލީޑުގައި އޮތް ބަޔާން ހާސްކަމުގެ ތެރެއަށް ވެއްޓުނީ 80 ވަނަ މިނެޓުގައި ކޮލޯން އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކުރުމާއެކުގައެވެ. ނަމަވެސް، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބަޔާންގެ އުންމީދީ ކުޅުންތެރިއާ ޖަމާލް މުސިއާލާ ލަނޑެއް ޖަހާ ޓީމު މޮޅު ކޮށްދިނެވެ.

މެޗުން މޮޅުވެގެން ތަށި ލިބޭ ޑޯޓްމަންޑް މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ބެލިންގްހަމް ނުލައެވެ. މެޗުގެ 15 ވަނަ މިނެޓުގައި މެއިންޒްގެ ހާނެޗޭ އޮލްސެން ލަނޑެއްޖަހާ އެ ޓީމަށް ކުރިހޯދަދިނެވެ. އޭގެ ތިން މިނެޓުފަހުން ޑޯޓްމަންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ސަބަސްޓިއަން ހޯލާ އަށް ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ޑޯޓްމަންޑަށް ޕްރެޝަރު އިތުރުވީ 24 ވަނަ މިނެޓުގައި ކަރިމް އޮނިސިވޯ ލަނޑެއް ޖަހާ މެއިންޒަށް ލީޑު ފުޅާ ކޮށްދިނުމުންނެވެ. އަދި 37 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ޒުވާން ތަރި، ކަރިމް އަޑެޔާމީ އަށް އަނިޔާވެގެން ބާލަން ޖެހުމުން ޓީމުގެ ހާސްކަން އިތުރުވިއެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޓީމުގެ ކެޕްޓަން މާކޯ ރުއިސްއެެވެ.

ދެވަނަ ހާފު ފެށިގެން ޑޯޓްމަންޑުން ވަނީ ތިން ބަދަލެއް ގެނެސްފައެވެ. އެ ބަދަލުތަކާއެކު ކުޅުން އިތުރަށް ރަނގަޅުކޮށް، މެޗުގެ 69 ވަނަ މިނެޓުގައި ރަފައެލް ރަފައެލް ގަރޭރޯ ވަނީ ލަނޑެއް ޖަހާފައެވެ. ބަޔާން އިން 89 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ކުރިހޯދިކަން އެނގުނު ހިސާބުން ޑޯޓްމަންޑުގެ ކުޅުންތެރިންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ތަށި ނަގަން ބޭނުން ނަމަ އިތުރު ވަގުތުތެރޭގައި ދެ ލަނޑު ޖަހާ، މެޗުން މޮޅުވާންޖެހެއެވެ. 96 ވަނަ މިނެޓުގައި ނިކްލަސް ސޫލޭ ވަނީ ލަނޑެއް ޖަހާ، ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް ބަޔާން މޮޅުވެ، ޑޯޓްމަންޑަށް މުހިންމު ދެ ޕޮއިންޓު ގެއްލުމުން ޑޯޓްމަންޑަށް ތަށި ގެއްލުނެވެ.

ލީގުގެ ފަހު މެޗު ނިމުނުއިރު، ޕޮއިންޓު ގޮތުން އެއްވަރުވެ، ބަޔާން ޗެމްޕިއަންކަން ހޯދީ ޑޯޓްމަންޑަށް ވުރެ 15 ފައިދާ ގޯލު އިތުުރުވުމުންނެވެ. ވޭތުވެދިޔަ ގިނަ ސީޒަންތަކުގައި ބަޔާން ބޮޑު ތަފާތަކުން ލީގު ކާމިޔާބުކުރާއިރު، މި ސީޒަނުގައި ކާމިޔާބުކުރެވުނީ ފަހު މެޗުގެ ފަހު މިނެޓުންނެވެ.

ޖަރުމަން ލީގުބަޔާން މިއުނިކްބޮރޫޝިއާ ޑޯޓްމަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު