Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. ދަރަނބޫދޫ ކައުންސިލާއި އތމ ކޮމިޓީއާ ބައްދަލުކުރ

ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުސޫލަށް ބަަދަލު ގެންނަންޖެހޭ: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުން ހުރިކަންކަން ކައުންސިލްތަކާއި މަޝްވަރާ ކޮށްގެން ކުރިޔަށް ގެންދިޔުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 13:06
ރައީސް ފ. ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރެއްވުން

ރައީސް ފ. ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރެއްވުން

ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުސޫލަށް ބަަދަލު ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ފ. ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރިކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަ ކުރައްވާފައެވެ، އޭގެ އިތުރުން ރައްޔިތުން ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކައުންސިލުން ދެންނެވިއެވެ. އެކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމާއި، ރަށުގައި ރަނގަޅުފެންވަރުގެ ދަނޑެއް ޓްރެކަކާއި އެކު އެޅުމާއި، އިޖުތިމާޢީ މަރުކަޒެއް ޤާއިމްކުރުން ހިމެނެވެ. އަދި މިހާރު ސަރުކާރުން ދަރަނބޫދޫގައި ޔޫތުއެންޑް ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ޢިޢުލާނު ކޮށްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި އޮތް އުސޫލުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާއި، ދަރަނބޫދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއްގެ މުހިއްމު ކަމާއި، ސިއްޙީމަރުކަޒުގައި ނަރުހުން މަސައްކަތްކުރުމަށް އެކަށީގެންވާ ޖާގަ ބޭނުންވުން ހިމެނެއެވެ.

މިބައްދަލުވުމުގައި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ، އެކޮމިޓީން މިދައުރުގެ ތެރޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އޮތް ބަޖެޓުގެ ދަތިކަންވެސް ކޮމިޓީގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

ފ. ދަރަނބޫދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން

ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން

01 ޑިސެމްބަރު 2023
ދަރަނބޫދޫއާއި ފީއަލީގައި ޕޮލިސް ޕޯސްޓް ހުޅުވައިފި

ދަރަނބޫދޫއާއި ފީއަލީގައި ޕޮލިސް ޕޯސްޓް ހުޅުވައިފި

10 ޑިސެމްބަރު 2022
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

20 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު