Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް

އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް: ރާއްޖޭގެ އެއްވަނަ ވިދާދް އަދި އަޒްމީންއަށް ފުރިހަމަ ކާމިޔާބެއް

ސްޕޯޓްސް އެވޯޑުގައި ދެފަހަރުވެސް އެއްވަނަ ލިބުނީ ވިދާދް އަދި އަޒްމީން އަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 13:46
އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ތެރެއިން

އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ތެރެއިން

11 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް ގެ ފައިނަލް މެޗުތައް ކުޅެ، ރާއްޖޭގެ އެއްވަނަ ކެރަމް ކުޅުންތެރިން ކަމަށްވާ އާމިނަތު ވިދާދް އަދި އިސްމާއިލް އަޒްމީން އަނެއްކާވެސް ފުރިހަމަ ކާމިޔާބެއް ހޯދައިފިއެވެ.

މެއި 18 އިން 26 އަށް ހުޅުމާލޭ ކެރަމް އެރީނާގައި ކުރިޔަށް ދިޔަ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. ވިދާދް އަދި އަޒްމީން ވަނީ މި މުބާރާތުގައިވެސް ސިންގަލްސް އާއި ޑަބަލްސް އިން އެއްވަނަ ހޯދާފައެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދާދް ހޯދީ ފައިނަލުގައި އާމިނަތު ވިޝާމާ އަތުން ސީދާ ދެ ގޭމުން މޮޅުވެގެނެވެ. ވިދާދް ސެޓުތައް ގެންދިޔައީ 25-15 އަދި 19-9 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ އަށް ގޮސްފައިވަނީ އާމިނަތު ޝުބާ އާދަމްއެވެ. އަންހެން ޑަބަލްސްގައި، ވިދާދް އާއި ޝުބާ ގެ ޕެއާ ވަނީ ސީދާ ދެ ގޭމުން ފާތިމަތު ރަޔާނާ އަދި ވިޝާމާގެ މައްޗަށް ކުރިހޯދާފައެވެ. ސެޓުތައް ނިމުނީ 25-15 އަދި 25-10 އިންނެވެ. އަންހެން ޑަބަލްސް ގެ ތިންވަނަ އަށް ގޮަސްފައިވަނީ އަފީފުއްނިސާ އާއި ސިޔާމާ ގެ ޕެއާއެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަޒްމީން ހޯދީ 25-21 އަދި 22-7 އިން ދެ ގޭމު ކާމިޔާބުކޮށްގެނެވެ. އެ މެޗުގައި ބައްދަލުކުރީ މުހައްމަދު މުންތަސިރު (މުންކޮ) އާއެވެ. ފިރިހެން ސިންގަލްސް ގެ ތިންވަނައަށް ގޮސްފައިވަނީ އިބްރާހިމް ހުޖާން އަލީ އެވެ. ފިރިހެން ޑަބަލްސް އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ކާމިޔާބުކުރީ ހަސަން ނާޒިމް އާއި އުމަރު ޒިޔާދުގެ ޕެއާ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. ފުރަތަމަ ސެޓު 23-16 އިން އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ކާމިޔާބުކުރިއިރު، ދެވަނަ ސެޓު 19-16 އިން ކާމިޔާބުކުރީ ނާޒިމް އާއި އުމަރުގެ ޕެއާ އިންނެވެ. ފަހު ސެޓު އިސްމާއިލް އަޒްމީން އާއި އިބްރާހިމް އަޒްމީންގެ ޕެއާ ކާމިޔާބުކުރީ 25-12 ގެ ނަތީޖާއަކުންނެވެ. ފިރިހެން ޑަބަލްސްގެ ތިންވަނަ ހޯދާފައިވަނީ އާދަމް އަދީލް އާއި އިބްރާހިމް ލިފާއުގެ ޕެއާއެވެ.

ފިރިހެން ސިންގަލްސް އާއި ޑަބަލްސް އަޒްމީން ކާމިޔާބުކުރި ނަމަވެސް، އޯޕަންސް ސިންގަލްސްގައި އަޒްމީން މައްޗަށް ކުރިހޯދާ، ޗެމްޕިއަންކަން ހޯދީ ހުޖާން އަލީ އެވެ. އޭނާ މި މެޗު ކާމިޔާބުކުރި 25-13 އިންނެވެ. ތިންވަނަ ހޯދީ އަދީލްއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ދެ އަހަރުވެސް އެންމެ މޮޅު ކެރަމް ކުޅުންތެރިންނަށް ހޮވުނީ ވިދާދް އާއި އަޒްމީން އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު