Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްލާން ވާދަކޮށްފައި ވަނީ އިސްމާއީލް ޝަމްހާން ޝާހްއާ އެވެ. އަންހެން ސިންގަލްްސް ފައިނަލްގައި ރީމް ވަނީ ހާޖަރު ބިންތި މުޙައްމަދު ތައުފީގު އަލީގެ މައްޗަށް ކުރި ހޯދައިފަ އެވެެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 07:03
15 އަހަރުން ދަށުގެ ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދި އަޒްލާން އަދި އަންހެން ޗެމްޕިއަންކަން ހޯދި ރީމް

15 އަހަރުން ދަށުގެ ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދި އަޒްލާން އަދި އަންހެން ޗެމްޕިއަންކަން ހޯދި ރީމް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ، ކެރަމް ޖޫނިއާ މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އަޒްލާން އައުޒަލް ހޯދިއިރު، އަންހެން ޗެމްޕިއަންކަން އައިޝަތު ރީމް ހޯދައިފި އެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްލާން ވާދަކޮށްފައި ވަނީ އިސްމާއީލް ޝަމްހާން ޝާހްއާ އެވެ. އެ މެޗު ކާމިޔާބު ކޮށްފައި ވަނީ އަޒްލާން އެވެ. ފިރިހެންް ސިންގަލްސް އިވެންޓުގެ ތިން ވަނަ ހޯދީ އަލީ އަޚްކަމް އެވެ.

އަންހެން ސިންގަލްްސް ފައިނަލްގައި ރީމް ވަނީ ހާޖަރު ބިންތި މުޙައްމަދު ތައުފީގު އަލީގެ މައްޗަށް ކުރި ހޯދައިފަ އެވެެ. އަންހެން އިވެންޓުގެ ތިން ވަނަ އަށް ދިޔައީ ޒިއުނާ ބިންތި ނަޝީދު އެވެ.

މީގެ އިތުރުން ފިރިހެން ޑަބަލްސްގެ ފައިނަލްގައި ޢަބްދުލް މާލިކް ޙަސަަން ޢަބްދުއް ލަތީފް އަދި އިސްމާއީލް ޝަމްހާން ޝާހްގެ ޕެއާގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ ޢަބްދުﷲ ކަޔާން ބިން ޝާޒް އަދި ޒާހިލް ޒާލިފް އަޙުމަދު އެވެ. ފިރިހެން ޑަބަލްސްގެ ތިން ވަނަ ހޯދީ އަޒްލާން އަދި ޔޫސުފް އިޒްކާންގެ ޕެއާ އިންނެވެ.

އަންހެން ޑަބަލްސްގެ ފައިނަލްގައި އައިޝަތު އަލީޝާ ނާފިއު އަދި ޒިއުނާގެ ޕެއާ އިން ވަނީ، ސޮފިޔާ ސުނާކް ޝާކިރު އަދި ސޮފިއާ ނައުރާ ޝިފާއުގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަންހެން ޑަބަލްސްގެ ތިން ވަނަ ހޯދީ ރީމް އަދި ފާތިމަތު ޒާޝް ޒިޔާދުގެ ޕެއާ އިންނެވެ.

މީގެ އިތުރުން ޖޫނިއާ ކެރަމް މުބާރާތުގެ 19 އަހަރުން ދަށުގެ ކުޅުން ވެސް ކުރިއަށް ގެންދެ އެވެ. މި އުމުރުފުރާގެ ފައިނަލް މެޗުތައް އޮތީ ހުކުރު ދުވަހު އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025
ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން

ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން

02 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު